ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ފުރިފަހުން ޕޮޒިޓިވްވީ ޖޯލި މޯލްޑިވްސްގެ ވަޒީފާގައި އުޅުނު ބިދޭސީއެއް

ފުރިފަހުން ޕޮޒިޓިވްވީ ޖޯލި މޯލްޑިވްސްގެ ވަޒީފާގައި އުޅުނު ބިދޭސީއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ދިޔަ ފަހުން ޕޮޒިޓިވްވި ބިދޭސީ މީހާއަކީ ޖޯލި މޯލްޑިވްސް އާއި ބޮޑުފުށި ރިސޯޓުގެ މުވައްޒަފެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގެ ހާލާއި ބެހޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ޖޯލި މޯލްޑިވްސް އާއި ބޮޑުފުށި ރިސޯޓަކީ އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގާ ދެ ރިސޯޓު ކަމަށާއި އޭނާއަކީ އެ ދެ ރިސޯޓަށް ވެސް މަސައްކަތަށް ދިޔަ މީހެއް ކަމަށެވެ.

އެ މީހާ އެނބުރި ގައުމަށް ދިޔަފަހުން، ބަލީގެ އަލާމާތްތަކެއް ފެނުމާއި ގުޅިގެން ހެދި ޓެސްޓުގެ ނަތީޖާ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކަން އެންގުމާ އެކު އެ ދެ ރަށް ވަނީ ބަންދުކޮށްފަ އެވެ. ރަށް ބަންދުކޮށް، އޭނާއާ ދިމާވި އެންމެންގެ ކޮންޓެކްސް ޓްރޭސިންގެ މަސައްކަތް ވަނީ ފަށާފައެވެ. މަސައްކަތް ވީހާވެސް އަވަސް ކުރުމަށް ދެ ރަށަށް ދިޔައީ، އާއްމުކޮށް ކޮންޓެކްޓް ޓްރޭސިން އަށް ދާ ވަރަށް ވުރެން ބޮޑު ޓީމެއް ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ. 

މަބްރޫކު ވިދާޅުވީ އޭނާ އެ ދެ ރިސޯޓުގައި އުޅެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 13 އިން ފެށިގެން މިއަހަރުގެ މާޗް 31 އަށް ކަމަށާއި އޭނާ ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމަށްޓަކައި އެ ދެ ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު މިދިޔަ މަހުގެ 12 ވަނަ ދުވަހު ޗައިނާ އަށް ދިޔަ ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީ ވެސް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވެއެވެ. އޭނާއަށް ބަލި ޖެހުނުކަމަށް ބެލެވެނީ ޗައިނާއިން ނެވެ. އެކޭސްއާއި ގުޅިގެން ދެ ދިވެއްސަކު ބައްޔަށް ޓެސްޓުވެސް ކުރިއެވެ. އަދި14 ދުވަސް ހަމަކޮށް ބައްޔަށް ޑަބަލް ނެގެޓިވްވުމުން ކޮންޓެކްޓް ޓްރޭސިންގައި ފާހަގަވީ ތިން މީހަކު އިއްޔެ ވަނީ ދޫކޮށްލާފައެވެ. 

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ގެ 19 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ. ބާކީ ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ދިވެހިންނެވެ. އެ ހަތަރު މީހުންވެސް ރާއްޖެ އައި ޔޫކޭއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: