ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ބަންދުވިޔަސް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ، ގޭގައިތިބެގެން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ނިންމައިފި

ފޮޓޯ:ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ހަފުތާގައި، ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ނިންމިކަމުގައިވިޔަސް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް، ގޭގައިތިބެގެން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ބުދަ ދުވަހުގައި ރައީސް އޮފީހުން ބުނީ، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް، ކަމާބެހޭ މުވައްޒަފުން ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސުމަށާއި، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަން ޖެހިއްޖެ ހިނދެއްގައި، ވީހާވެސް މަދު މުވައްޒަފުން ނެރެގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވެސް ރައީސް ޞާލިޙު ވިދާޅުވެފައިވާކަމަށެވެ.

މީގެ އިތުރުން، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެންހުރި، ހުރި އެންމެހައި ޚިދުމަތެއް އޮންލައިންކޮށް ދެމުން ގެންދިއުމަށާއި، އޮފީސްތައް ބަންދުކުރެވިފައިވާ މުއްދަތުގެތެރޭގައި، ދައުލަތުގެ އިދާރާއަކުން ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށްޓަކައި، އެ އިދާރާއެއްގެ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން، ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވެސް ރައީސް ވިދާޅުވެފައިވާކަމަށް، ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، ޚިދުމަތްތައް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް ދައުލަތުގެ އިދާރާއަކުން ކޮންމެހެން މަސައްކަތަށް އޮފީހަށް ނެރޭ މުވައްޒަފުންނާއި، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން، 2020 މާރިޗު 12 ވަނަ ދުވަހު އިޢުލާނު ކުރައްވައިފައިވާ ”ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު“ ގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅުއްވާ ފިޔަވަޅުތައް އެޅުއްވުމަށްޓަކައި، ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަސައްކަތަށް ނެރުއްވާ މުވައްޒަފުން ފިޔަވައި، އިތުރު މުވައްޒަފުން އޮފީހަށް ނުނެރުމަށް ވެސް ރައީސް ވިދާޅުވެފައިވާކަމަށެވެ.

މި ހުރިހައި ފިޔަވަޅުތައް ތަންފީޒުކުރުމުގެ ގޮތުން ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ އެންމެހައި ކަންކަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

ރައީސް އޮފީހުން ބުނީ، އޮފީސްތައް ބަންދުކުރާގޮތަށް ހަމަޖެއްސުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، ސޯޝަލް ޑިސްޓެންސިންގް ތަންފީޛުކުރުމުގެ ގޮތުން، ޒަރޫރީ ބޭނުމެއްގައި މެނުވީ މުވައްޒަފުން، ގެއިން ބޭރަށް ނުކުމެ ނޫޅުމަށާއި، މި މުއްދަތުގެތެރޭގައި އެޗްޕީއޭއިން އަންގާ އެންމެހައި އެންގުންތަކަށް މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އޭޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ކުރިޔަށް އޮތް ހަފުތާގައި، ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ނިންމިކަމުގައިވިޔަސް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް، ގޭގައިތިބެގެން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވާކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެގޮތުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް، ކަމާބެހޭ މުވައްޒަފުން ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސުމަށާއި، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަން ޖެހިއްޖެ ހިނދެއްގައި، ވީހާވެސް މަދު މުވައްޒަފުން ނެރެގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވެސް ރައީސް ޞާލިޙު ވިދާޅުވެފައިވާކަމަށެވެ.

މީގެ އިތުރުން، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެންހުރި، ހުރި އެންމެހައި ޚިދުމަތެއް އޮންލައިންކޮށް ދެމުން ގެންދިއުމަށާއި، އޮފީސްތައް ބަންދުކުރެވިފައިވާ މުއްދަތުގެތެރޭގައި، ދައުލަތުގެ އިދާރާއަކުން ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށްޓަކައި، އެ އިދާރާއެއްގެ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން، ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވެސް ރައީސް ވިދާޅުވެފައިވާކަމަށް، ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، ޚިދުމަތްތައް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް ދައުލަތުގެ އިދާރާއަކުން ކޮންމެހެން މަސައްކަތަށް އޮފީހަށް ނެރޭ މުވައްޒަފުންނާއި، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން، 2020 މާރިޗު 12 ވަނަ ދުވަހު އިޢުލާނު ކުރައްވައިފައިވާ ”ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު“ ގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅުއްވާ ފިޔަވަޅުތައް އެޅުއްވުމަށްޓަކައި، ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަސައްކަތަށް ނެރުއްވާ މުވައްޒަފުން ފިޔަވައި، އިތުރު މުވައްޒަފުން އޮފީހަށް ނުނެރުމަށް ވެސް ރައީސް ވިދާޅުވެފައިވާކަމަށެވެ.

މި ހުރިހައި ފިޔަވަޅުތައް ތަންފީޒުކުރުމުގެ ގޮތުން ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ އެންމެހައި ކަންކަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

ރައީސް އޮފީހުން ބުނީ، އޮފީސްތައް ބަންދުކުރާގޮތަށް ހަމަޖެއްސުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، ސޯޝަލް ޑިސްޓެންސިންގް ތަންފީޛުކުރުމުގެ ގޮތުން، ޒަރޫރީ ބޭނުމެއްގައި މެނުވީ މުވައްޒަފުން، ގެއިން ބޭރަށް ނުކުމެ ނޫޅުމަށާއި، މި މުއްދަތުގެތެރޭގައި އެޗްޕީއޭއިން އަންގާ އެންމެހައި އެންގުންތަކަށް މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އޭޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: