ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓުތަކުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ގޮތްތަކެއް ޖޭއެސްސީން ނިންމައިފި

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ވެސް، ކޯޓުތަކުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ގޮތްތަކެއް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީން) އިން ނިންމައިފިއެވެ.

އެ ކޮމިޝަންގެ މި އަހަރުގެ 27 ވަނަ ބައްދަލުވުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބުދަދުވަހުވަނީ ބާއްވާފައެވެ.

މިކަމާއި ގުޅިގެން އެ ކޮމިޝަނުން ބުދަ ދުވަހު ނެރުނު ނޫސް ބަޔާނުގައި ބުނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ޕެންޑަމިކްއާއި ގުޅިގެން، ދިވެހިރާއްޖޭގައި ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައިވީ ނަމަވެސް، ކޯޓުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމަކަށްވާތީ، ކޯޓުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މައިގަނޑު 4 ކަމެއް ނިންމާފައިވަކަމަށެވެ.

މި ގޮތުން، ސްޕީރިއަރ ކޯޓުތަކުންނާއި، އިސްތިއުނާފީ މަރުހަލާގެ ކޯޓުތަކުން، މި ހަލަތުގައި ޝަރީޢަތްތައް ހިންގާނެ ގޮތުގެ އުސޫލުތައް އެކުލަވައިލާ، އެ އުސޫލުތަކާ އެއްގޮތަށް، އެ ކޯޓުތަކުގެ ފަނޑިޔާރުން، ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް އެންގުމަށް ނިންމާފައިވެއެވެ. މީގެ އިތުރުން، ކޯޓުތަކުން ކަނޑައަޅާ ޢާންމުކުރާ އުސޫލާއި އެއްގޮތަށް މަސައްކަތްކުރެވޭނެ މަގުފަހިކޮށްދީ، އިންތިޒާމުތައް ކޯޓުތަކަށް ހަމަޖައްސައިދިނުމަށް، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެންގުމަށް ވެސް ނިންމާފައިވެއެވެ.

ތިންވަނަކަމަކަށް އެ ކޮމިޝަނުން ނިންމާފައިވަނީ، ސަރުކާރު ބަންދުކޮސްފައިވާ މުއްދަތުގައި މެޖިސްޓްރޭޓް ކޯޓުތަކުން ޢަމަލުކުރާނެގޮތުގެ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންނާއެކު މަޝްވަރާކޮށް އެކުލަވައިލުމަށް، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެންގުމަށް ނިންމި ނިންމުމެވެ.

މީގެ އިތުރުން، ޝަރީޢަތްތައް ހިންގުމުގައި ކޯޓުތައް ހުޅުވައިގެން މަސައްކަތްކުރުމުގައި، ފަނޑިޔަރުންނާއި ކޯޓުތަކުގެ މުވައްޒަފުންގެ ސަލާމަތަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅެއް އަޅާ، އެ ބޭފުޅުންނަށް ރައްކަތެރި މަސައްކަތު މާހައުލެއް ނުވަތަ ޝަރީޢަތުގެ މާހައުލެއް އޮންނަނެހެން ކޯޓުތަކުގެ އިދާރީ ހުރިހައިކަމެއެް ރޭވުމަށް، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެންގުމަށް ވެސް އެ ބައްދަލުވުމުގައިވަނީ ނިންމާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: