ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި މަހުގެ 11 ވަނަ ދުވަހުގައި، ތިރިވަނަންތަޕޫރަމް އާއި ކޮޗިންގައި ދިރިއުޅޭ ދިވެހިނަށް ’ކެއަރ ޕެކޭޖް‘ ފޮނުވޭނެ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު. ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ 11 ވަނަ ދުވަހުގައި، ތިރިވަނަންތަޕޫރަމް އާއި ކޮޗިންގައި ދިރިއުޅޭ ދިވެހިނަށް ’ކެއަރ ޕެކޭޖް‘ ފޮނުވޭނެކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިޢުލާނެއްގައި ބުނީ، ކޯވިޑް-19 އާއި ގުޅިގެން ތިރިވަނަންތަޕޫރަމް އާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންގެ ގިނަ ޢަދަދެއްގެ ބަޔަކަށް، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، އެ ތަނުގައި ދިރިއުޅޭ ދިވެހިންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ.

މި ގޮތުން، 11 އޭޕްރީލް 2020 ވަނަ ދުވަހު ތިރިވަނަންތަޕޫރަމް އަށް މޯލްޑިވިއަން އިން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފުލައިޓުގައި، ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ، ފޮނުވައިދިނުމަށް ސަރުކާރުން ވަނީ ނިންމާފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ގޮތުން ފޮނުވަން ބޭނުންވާ ތަކެތި، ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާރޗަރ ހޯލް ކައިރީގައި ބެހެއްޓިފައިވާ ހާއްސަ ކައުންޓަރު ތަކުންކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ، ތަކެތި ބަލައިގަތުމުގެ ކަންކަން ހަމަޖެހިފައިވަނީ، 10 އެޕްރީލް ވާ ހުކުރު ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން، މެންދުރުކުރި 11:00 އަށްކަމަށާއި، އަދި މެންދުރުފަހު 14:00 އިން ފެށިގެން، ހަވީރު 18:00 އަށްކަމަށެވެ.

އެ މިނިސްޓްރީން ބުނީ، ’ކެއަރ ޕެކޭޖް‘ ފޮނުވަން ބޭނުންވާ ފަރާތްތަކުން، އެ މިނިސްޓްރީގެ ވެބްސައިޓް ލިންކް: /https://www.foreign.gov.mv/index.php/en މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައިފައިވާ ކަމަށާއި، މި ފަހަރު ފުރުސަތު ލިބިގެންދާނީ، ފޯމު ހުށަހަޅަ ތަރުތީބުން، އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 600 މީހުންނަށް ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: