މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނާއި ބޭންކުތަކުން، އަންނަ ހަފުތާގައި ޚިދުމަތްދޭނީ ތިންދުވަހުކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ.
މި ކަމާއި ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިއަދު ނެރުނު އިޢުލާނެއްގައި ބުނީ، ކޯވިޑް-19 އާއި ގުޅިގެން، އޭޕްރީލް 12 އިން ފެށިގެން، އޭޕްރީލް 16 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވުމާއި ގުޅިގެން، އެ އޮތޯރިޓީއާއި ބޭންކުތައް ހުޅުވާނީ، އޭޕްރީލް 13، 14 އަދި 16 ވަނަ ދުވަހުގައިކަމަށެވެ.
މީގެ އިތުރުން އެ އޮތޯރިޓީން ބުނީ، އެ ދުވަސްތަކުގައި، ބޭންކިންގ ޚިދުމަތް ނުވަތަ ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނީ، ހެނދުނު 09:30 އިން ފެށިގެން މެންދުރުފަހު 12:30 އަށްކަމަށާއި، ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނީ ހެނދުނު 09:30 އިން ފެށިގެން، މެންދުރުކުރި 11:00 ގައި ކަމަށެވެ.
އެ އޮތޯރިޓިން ބުނީ، ޖެމްސް ބޭނުންނުކުރާ އިދާރާތަކާއި ޢާންމު ފަރާތްތަކުން، އެ އޮތޯރިޓީއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ inward.docs@mma.gov.mv މެއިލް މެދުވެރިކޮށްކަމަށެވެ.
އެމްއެމްއޭއިން މި ހަފުތާގައި ތިން ދުވަހު ޚިދުމަތްތައް ފޯރުކޮށްދޭން ނިންމާފައިވާއިރު، ވޭތުވެދިޔަ ހަފުތާގައި ޚިދުމަތްދީފައިވަނީ ދެ ދުވަހުއެވެ.

