މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.
ހޯމް މިނިސްޓްރީގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި، އެ މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ޢައްޔަންކުރެއްވީ، ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދުއެވެ.
ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި، ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދާއި މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޢަލީ ޝަމީމްއެވެ.
ހޯމް މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މިއަދު ޢައްޔަންކުރި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދަކީ، ވޭތުވެދިޔަ ތަނުގައި އީސީގެ ޑިރެކްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

