ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ބަންދުކުރުމާއި ގުޅިގެން، އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ޚިދުމަތްތަކަށް ބަދަލުތަކެއްގެނެސްފި

ފޮޓޯ:އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ބަންދުކުރުމާއި ގުޅިގެން، އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ޚިދުމަތްތަކަށް ބަދަލުތަކެއްގެނެސްފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ކުރި އިޢުލާނެއްގައި ބުނީ، ސަރުކާރު ބަންދުކުރުމާއި ގުޅިގެން، އެ ކޯޕަރޭޝަންގެ ކަސްޓަމަރ ސަރވިސްގެ ކައުންޓަރުތަކުން ފޯރުކޮށްދެމުންއައި ޚިދުމަތްތައް މެދުކަނޑާލައި، އެ ކައުންޓަރުތަކުން ދެމުންދިޔަ ޚިދުމަތްތަކަށް ބަދަލުގެނެވިފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ކޯޕަރޭޝަނުން ބުނީ، މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 13، 14 އަދި 16 ވަނަދުވަހުގެ، ހެނދުނު 09:00 އިން ފެށިގެން، މެންދުރުފަހު 13:00 އަށްކަމަށެވެ.

އެ ކޯޕަރޭޝަނުން ގެނައި ބަދަލުތައް ހާމަކުރައްވަމުން ބުނީ، ކޯވިޑް-19 ވިޔަފާރި އެހީއަށް އެދި ހުށަހަޅާނީ، އެ ކޯޕަރޭޝަންގެ ވެބްސައިޓްގައިވާ ކަސްޓަމަރ ސަރވިސް ޕޯޓަލް މެދުވެރިކޮށްކަމަށެވެ.

ބައެއް ލިޔެކިޔުންތައް ހުށަހަޅަންޖެހޭ އުސޫލު:

1. އެހެނިހެން ލޯނު އެޕްލިކޭޝަންސް ފޮނުވާނީ:  applications@sdfc.mv

2. އެހެނިހެން ލިޔެކިޔުންތައް ފޮނުވާނީ: info@sdfc.mv

3. ލޯން ޑިސްބާސްމެންޓާ ގުޅޭގޮތުން ލިޔެކިޔުން ފޮނުވާނީ: loanadmin@sdfc.mv

މީގެ އިތުރުން އެ ކޯޕަރޭޝަނުން ބުނީ، އެ ކޯޕަރޭޝަނާ ގުޅޭ އެއްވެސްކަމެއްގައި މަޢުލޫމާތު ސާފުކުރަންބޭނުންވާނަމަ، އެ ކޯޕަރޭޝަންގެ ނަންބަރު 3306999 މެދުވެރިކޮށް ނުވަތަ، 7366999 އަށް އެސްއެމްއެސްކޮށްގެން މަޢުލޫމާތު ހިއްސާކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: