ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަފްތާއަކަށް ފަހު މާލެ ސަރަހައްދުގައި ހިންގި ކާފިއު އުވާލައިފި

ހަފްތާއަކަށް ފަހު މާލެ ސަރަހައްދުގައި ހިންގި ކާފިއު އުވާލައިފި - ފޮޓޯ: ޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5 ން 8 އަށް ހިންގި އެއް ހަފުތާގެ ކާފިއު މިއަދުން ފެށިގެން އުވާލާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ކުރި އިއުލާނެއްގައި ބުނީ، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއު މިއަދު ހަވީރު 5 ން ފެށިގެން އުވާލާފައިވާ ކަމަށެވެ. ނަމަވެސް މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ވެސް އެއް ވަގުތެއްގައި ތިން މީހުންނަށް ވުރެ ގިނައިން މަގުމަތީގައި އުޅުން އަދިވެސް މަނާވާނެ ކަމަށް ވަނީ ބުނެފައެވެ.

ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، އޭގެ ދަށުން ލިބިގެންވާ ބާރުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ މާލޭގައި ކާފިއު ހިންގުމަށް އިއުލާނުކުރީ މި މަހުގެ ދެވަނަ ދުވަހުއެވެ. އަދި ވައިރަހުން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހަވީރު 17:00 އިން ރޭގަނޑު 20:00 އަށް މީހުން ގެއިން ނުކުތުން ވަނީ މަނާ ކުރިއެވެ. މި އެންގުމާއި ހިލާފްވާ ފަރާތްތަކާއިމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ ބާރުވެސް ފުލުހުންނަށްވަނީ ލިބިދީފައެވެ. އެގޮތުން ކޮންމެ މީހަކު 1،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެއެވެ. ނަމަވެސް، ހަފްތާއަކަށް ފަހު ކާފިއު އުވާލިއިރު ޖޫރިމަނާ ކުރީ އެންމެ ދެ މީހުންނެވެ.

ސަރުކާރު ގެޒެޓުގައި ޝާއިއުކުރި އެޗްޕީއޭގެ އެެންގުމުގައި ބުނެފައިވަނީ، މިދިޔަ މަހުގެ ދެ ވަނަ ދުވަހު ކާފިއު ހިނގުމަށް އިއުލާނު ކުރި އެންގުން ބާތިލުކޮށްފައިވާ ކަމަށެވެ. ކާފިއު އުވާލި ނަމަވެސް، ހުރިހާ ވަގުތުތަކުގައިވެސް މާލެ ސިޓީގައި ތިން މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާ ވާނެއެވެ.

ހަފްތާއެއްގެ ތެރޭގައި، ތިން ގަޑިއިރުގެ ކާފިއުގައި ބޭރަށް ނުކުމެ އުޅުނު 1،138 މީހަކަށް ވަނީ ނަސޭހަތް ދީފައެވެ. އޭގެ ތެެރެއިން 954 މީހުންނަކީ ދިވެހުންނެވެ. އަދި އަނެއް 184 މީހުންނަކީ ބިދޭސީންނެވެ. އޭގެ ތެރޭގައި ތަކުރާރުކޮށް ނަސޭހަތް ދޭންޖެހުނު މީހުންވެސް ހިމެނެއެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ސޯޝަލް ޑިސްޓެންސިން ގާއިމްކޮށް އިތުރުކުމަޓަކައި، ލޯކަލް މާރުކޭޓުތަކާއި ފިހާރަތަކާއި އޮފީސްތައް އަދި ބޭންކުތަކައި އެހެނިގެން ގޮތުންވެސް އާންމު ހިދުމަތްދޭ ތަންތަނުގައި ސޯޝަލް ޑިސްޓެމްސިންގެ ރަނގަޅު މިންގަޑުތައް ހުންނަން ވާނެކަމަށް އެ އެނގުމުގައި ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: