ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫދަށް ފުންމާލި ބިދޭސީ މުދިމު އަދިވެސް ނުފެނޭ

މޫދަށް ފުންމާލި ބިދޭސީ މުދިމު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިޔަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖޭޑަބްލިއު ރިސޯޓްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒުފު މޫދަށް ފުންމާލިތާ ތިން ދުވަސް ވެފައިވާއިރު އަދި ވެސް އޭނާގެ ހަބަރެއް ވެފައިނުވާކަމަށް އެމްއެންޑިއެފްއިން ހާމަކޮށްފިއެވެ.

އޭނާ ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިިދިޔަ ހޯމަ ދުވަހުގެ ރެ އެވެ.

ބިދޭސީ މީހާގެ ހަބަރެއް ނުވެގެން، ސީސީޓީވީ ބެލިއިރު ފޯނު ކޯލެއްގައި ހުރެ ގޮސް މޫދަށް ފުންމާލާ މަންޒަރު ފެންނަ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އެހެން ކަމުން މިދިޔަ ދުވަސްތަކުގައި ކަނޑާ، ވައިގެ މަގުން އަދި ޑައިވް ކޮށްގެންވެސް ބޮޑު ސަރަހައްދެއް އެމްއެންޑީއެފްގެ ކޯސްޓުގާޑުން ވަނީ ބަލާފައެވެ. ގެއްލިގެން ހޯދަމުންދަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 30 އަހަރު ފިރިހެނެކެވެ. އޭނާއަކީ ޖޭޑަބްލިއު ރިސޯޓްގެ މުދިމު މީހާއެވެ.

ނަމަވެސް މިހާތަނަށް އެމީހާ ފެނިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: