ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކާތު މަސައްކަތް ކުރުމަށް ކޮންޓްރެކްޓް މުވައްޒަފުން ހޯދަނީ

ޒަކާތު މަސައްކަތް ކުރުމަށް ކޮންޓްރެކްޓް މުވައްޒަފުން ހޯދަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަކާތު މަސައްކަތްކުރުމަށް ކޮންޓްރެކްޓް މުވައްޒަފުން ހޯދުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޒަކާތު މަސައްކަތް ކުރުމަށް ހޯދުމަށް އިއުލާނުކޮށްފައިވަނީ ދިހަ ކޮންޓްރެކްޓް މުވައްޒަފުން ނެވެ. އަދޮ އެ މުވައްޒަފުން ނަގަނީ ތިން މަސް ދުވަހުގެ މުއްދަތަށެވެ. މިނިސްޓްރީއިން އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮންޓްރެކްޓު މުވައްޒަފުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި މަސައްކަތަށް ނިކުންނަ ދުވަހުގެ އެލަވަންސް ލިބޭނީ މަދުވެގެން ތިން ގަޑިއިރު، މަސައްކަތުގައި ހޭދަކުރުމުން ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން، އިތުރު ގަޑީގައާއި ބަންދު ދުވަހު އެ މުވައްޒަފަކު މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑިއާއި ބަންދު ދުވަހުގެ ފައިސާ ލިބޭނެކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެ މީހުންނަށް ރޯދަ މަހުގެ އިނާޔަތް ވެސް ލިބޭނެއެވެ.

މިނިސްޓްރީއިން ވަނީ މަގާމުގެ މަސްއޫލިއްޔަތާއި އެކު، މުސާރައިގެ ތަފްސީލު ވެސް ހާމަކޮށްފައެވެ. އެގޮތުން ސަޕޯޓް އޮފިސާ ގްރޭޑް 2 ގެ މަގާމުގެ އަސާސީ މުސާރައަކީ -/5500 ރުފިޔާއެވެ. އަދި އޮފިސާ ގްރޭޑް 1 ގެ މަގާމުގެ އަސާސީ މުސާރައަކީ -/5000 ރުފިޔާއެވެ. ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އޮފިސާ ގްރޭޑް 1 ގެ މަގާމަށް މުވައްޒަފުން ނެގޭނީ އޮފިސާ ގްރޭޑް 2 ގެ މަގާމަށް 10 މުވައްޒަފުން ނުލިބިއްޖެ ހާލަތެއްގައި ކަމަށް ގެޒެޓުގައި ވާ އިއުލާނުގައި ބަނީ ބުނެފައެވެ.

ޒަކާތު މަސައްކަތް ކުރުމަށް ކޮންޓްރެކްޓަށް ނަގާ މީހުންގެ މައިގަނޑު މަސައްކަތަކީ 1441 ވަނަ އަހަރުގެ ފަގީރުންގެ ލިސްޓް އެކުލަވައިލުމުގެ އެންމެހައި މަސައްކަތް ކުރުމާއި، ފިތުރު ޒަކާތް ބަލައިގަނެ، އެފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި ފައިސާ ހަވާލުކުރުމާއި، ފިތުރު ޒަކާތް ބެހުމާއި ބެހޭ އެންމެހައި މަސައްކަތް ކުރުމާއި، 1440 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމާއި ބެހޭ އެންމެހައި މަސައްކަތް ކުރުމާއި، ފިތުރު ޒަކާތާއި މުދަލު ޒަކާތާއިބެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުމުގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހާވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުމެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: