ކޯވިޑް-19 އަށް އަނެއްކާވެސް ދިވެއްސަކު ޕޮޒިޓިވް ވެއްޖެއެވެ.
މެލޭޝިޔާގެ ހެލްތު މިނިސްޓްރީގެ އޮފިޝަލް ޓްވިޓަރއިން ބުރާސްފަތި ދުވަހުގައި ކުރި ޓްވީޓެއްގައި ބުނީ، ޕޮޒިޓިވްވި މީހުންގެތެރެއިން 416 މީހުންނަކީ މެލޭޝިޔާގައި މި ވަގުތު ތިބި އެހެން ޤައުމުތަކުގެ މީހުންކަމަށާއި، އޭގެތެރޭގައި ދިވެއްސަކު ވެސް ހިމެނޭކަމަށެވެ.
https://twitter.com/KKMPutrajaya/status/1248176707766349833?s=20
ދިވެއްސަކު ޕޮޒިޓިވްވެފައިވާކަމަށް އެ ޤައުމުން ބުނެފައިވާއިރު، މިހާރު އެ ޤައުމުގައިވަނީ 22 ދުވަހުގެ މޫވްމަންޓް ކޮންޓްރޯލް އޯޑަރުގެ ދަށުން ކާފިއު އިޢުލާނުކޮށްފައެވެ.
މެލޭޝިޔާއިން ބުރާފަސްފަތިދުވަހު ޢާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު، އެ ޤައުމުން 4،228 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. މީގެ އިތުރުން މި ވައިރަހުން، 1،608 މީހުން ރަނގަޅުވެފައިވާއިރު، 67 މީހުންވަނީ މި ވައިރަހުގެ ސަބަބުން މަރުވެފައެވެ.
https://twitter.com/KKMPutrajaya/status/1248257605874507782?s=20

