ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޫން މަހު ޕީޖީ އޮފީހަށް 228 މައްސަލަ ބަލައިގެންފައިވޭ!

ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ޖޫން މަހުގެ ތެރޭގައި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ޖުމްލަ 228 މައްސަލައެއް ބަލައިގެންފައިވާކަމަށް އެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޕީޖީ އޮފީހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މެއި މަހާ އަޅާބަލާއިރު ޖޫން މަހު ބަލައިގަތް މައްސަލަތަކުގެ އަދަދު ވަނީ 59.4 އިންސައްތަ އިތުރުވެފައެވެ.

ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ޖޫން މަހު ޖުމްލަ 265 މައްސަލައެއްގައި ދައުވާ ކުރުމަށް ކޯޓުތަކަށް ފޮނުވާފައިވެއެވެ. މިއީ މެއި މަހު ދައުވާ ކުރުމަށް ހުށަހެޅި 263 މައްސަލައާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

މީގެ އިތުރުން، ކޯޓުތަކުގައި ކުރިއަށްދިޔަ ޝަރީޢަތްތަކަށް ޕީޖީ އޮފީހުގެ ވަކީލުން ހާޒިރުވި މިންވަރުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މެއި މަހު 1150 އަޑުއެހުމަކަށް ހާޒިރުވެފައިވާއިރު، ޖޫން މަހު އެ އަދަދު ވަނީ 1207 އަށް އަރާފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އެންމެ ބޮޑަށް އިތުރުވެފައިވަނީ ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ތަހުޤީޤީ އިދާރާތަކަށް މައްސަލަތަކުގައި ލަފާދިން މިންވަރެވެ. މެއި މަހު 447 މައްސަލައެއްގައި ލަފާދީފައިވާއިރު، ޖޫން މަހު 683 މައްސަލައެއްގައި ޕީޖީ އޮފީހުން ވަނީ ލަފާދީފައެވެ. މިއީ ގާތްގަނޑަކަށް 52.7 އިންސައްތައިގެ އިތުރުވުމެކެވެ.

ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، އެ އޮފީހުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މިގޮތުން، ވަކި ބާވަތްތަކުގެ މައްސަލަތަކުގައި ތަހުގީގީ އިދާރާތަކަށް ބޭނުންވާ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ޕްރޮސެކިއުޝަން ޓީމުތަކެއް އެކުލަވާލައިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: