ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާބިތުވި ތިން އަހަރުގެ ޖަލު ހުކުމް ސާހިލްގެ ފަރާތުން އަނެއްކާވެސް ހައިކޯޓަށް!

ކްރިމިނަލް ކޯޓުގެ އަޑުއެހުން ނިންމާލުމަށް ފަހު ޝާހިލް ގެންދަނީ/ ފޮޓޯ ކްރެޑިޓް: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގެއެއްގެ ތެރޭގައި، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ސާހިލް އަލީގެ މައްޗަށް އުފުލި ދެ ދައުވާއެއް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް އޭނާގެ ފަރާތުން އަނެއްކާވެސް ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުންނަ އެޕާޓްމަންޓެއްގެ ތެރޭގައި އުމުރުން 22 އަހަރުގެ ޝިއާއު ރަހުމުކުޑަކޮށް މަރާލާފައި އޮއްވާ ފެނުނީ 6 އޮގަސްޓް 2022 ގަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި އޭނާގެ އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގައި ދިރިއެޅުމުން ދިޔަ ފ. ނިލަންދޫ، ފިނިފެންމާގޭ، ސާހިލް، ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުލަތުން ފަސް ދައުވާއެއް އުފުލިއެވެ. އޭގެ ތެރޭގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ހިމެނެއެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމާއި ކެނަބިސް ބޭނުންކުރުމުގެ ދައުވާ ހިމެނެއެވެ.

ސާހިލްގެ މައްޗަށް އުފުލާފައިވާ ބައެއް ދައުވާތައް ވަނީ ސިއްރުކޮށްފަ އެވެ. އަދި މައްސަލައިގެ ބާވަތުންނާއި އާއިލާގެ ކަރާމާތަށް ރިއާޔަތްކޮށް، ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ކްރިމިނަލް ކޯޓުން މިހާތަނަށް ސާހިލްގެ މައްޗަށް ވަނީ ދެ ދައުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި، ތިން އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެއީ އޮރިޔާން ކާޑު ގެންގުޅުމާއި ކެނެބިސް ބޭނުންކުރުމުގެ ދައުވާ އެވެ.

މި ހުކުމް އިސްތިއުނާފު ކުރުމަށް ސާހިލްގެ ފަރާތުން މީގެ ކުރިންވެސް ހުށަހެޅި އެވެ. އެހެންނަމަވެސް، އޭރު ހުށަހެޅި ލިޔެކިޔުންތަކުގައި މައްސަލަތަކެއް ހުރުމުން ކޯޓުން އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލި އެވެެ. އެއަށް ފަހު އަނެއްކާވެސް މިދިޔަ ހަފުތާގައި ޝާހިލް އަލުން މި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވާއިރު، ހައިކޯޓުން އެ މައްސަލަ ބަލައިގަތުމާ މެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ޝިއާއު މަރާލި މައްސަލާގައި ސާހިލްގެ މައްޗަށް ކުރާ ބާކީ ހުރި ދައުވާތަކުގެ ޝަރީއަތްތައް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. އެ މައްސަލައިގެ ހެކިބަސް ނަގައި ނިމިފައިވާއިރު، ދެން އޮތީ ހުލާސާ ބަޔާން އިއްވުމެވެ.

މައްސަލައިގެ ތަހުގީގުގައި ފުލުހުން ބުނީ ސާހިލްގެ މައްޗަށް ކުށް ސާބިތު ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށެވެ. އަދި މަރާލި ގޮތުގެ ތަފްސީލާއި، މޯޓިވްކަމަށް ބެލެވޭ ބައެއް ގަބޫލު ކުރެވޭ ސަބަބުތައް ވެސް އެބަހުރިކަމަށް ވަނީ ބުނެފަ އެވެ.

މީގެއިތުރުން މި މައްސަލައިގައި ތަހުގީގާއި، ޝަރީއަތުގައި ސާހިލް އެއްވެސް ވާހަކައެއް ދައްކާފައި ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: