ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީޔޫއިން ރާއްޖެއަށް ތިން މިލިޔަން ޔޯރޯގެ އެހީއެއް ދީފި

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގިތުން ޔޫރޮޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަސް ތިން މިލިޔަން ޔޫރޯގެ އެހީއެއް ދީފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ. 

ކޮރޯނާ ވައިހާއި ގުޅިގެން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނިމަށް ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްތަރ އަބްދުﷲ އަމީން ވިދާޅުވީ އީޔޫއިން ދިން ތިން މިލިޔަން ޔޫރީގެ ތެރެއިން އެއް މިލިޔަން ޔޫރޯއަކީ ސިއްހީ ދާއުރާއަށް ދިން އެހީއެއް ކަމަށާއި އަދި ދެ މިލިޔަން ޔޫރޯއަކީ ފަތުރުވެރިކަމުގެ ދާއުރާއަށް ދިން އެހީއެއް ކަމަށެވެ. 

އީޔޫއިންރާއްޖެއަސްތިންމިލިޔަންޔޫރޯގެއެހީއެއްދީފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ވާލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން7،3 މިލިޔަން ޑޮލަރުގެ އެހީއެއް ދިނުމަށް ވަނީ ނިންމާފައެވެ. 

”މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ޕްރިޕެއާޑްނެސް ޕްރޮޖެކްޓް“އާ ގުޅޭގޮތުން ވޯލްޑް ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ  ކުރިމަތިވާ ކާރިޘާތަކާއި ކުއްލި ޙާލަތްތަކުގައި މާލީ ގޮތުން އެހީތެރިވުމަށްޓަކައި ދިވެހިރާއްޖެއާ އެކު 2019 ވަނަ އަހަރު ސޮއިކޮށްފައިވާ، ”ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން“، ކެޓް ޑީޑީއޯ ގެ ދަށުން، 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ވެސް ދިވެހިރާއްޖެއަށް ހަމަޖައްސައިދީފައިވާކަމަށެވެ

މީގެ އިތުރުން ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދެވޭކަން ކަށަވަރުކުރުމުގައި ހޮސްޕިޓަލްތަކަށް އެހީތެރިވުމާއި، ކޮރޯނާވައިރަސް ދެނެގަތުމަށްޓަކައި މާލެ އާއި އަތޮޅުތަކުގައި ހުރި ލެބޯޓްރީތަކުގެ ޤާބިލްކަން އިތުރުކުރުމަށާއި، އަދި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިން ތަމްރީން ކުރުމަށް ވެސް މި އެހީގެ ބޭނުން ޖެހޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް  ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި، ރާއްޖެއަށް ކުރިމަތިވަމުންދާ މާލީ ދަތިކަމުން އަރައިގަތުމަށް ރަހުމަތްތެރި ގައުމުތަކާއި ޖަމިއްޔާތަކާ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.

އެގޮތުން، ވާލްޑް ބޭންކުން ރާއްޖޭގެ ކޮވިޑް-19 ފަންޑަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން، އޭޑީބީ އާއި އޮޕެކް ފަދަ އިތުރު މާލީ އިދާރާތަކުން އެހީ ހޯދުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭން ލޯނު ނަގާފައިވާ ގައުމުތަކާއެކު އެ ލޯނުތަކަށް ލުއިތަކެއް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން، ރާއްޖޭން އެންމެ ބޮޑެތި ލޯނުތައް ނަގާފައިވާ ޗައިނާއާ މަޝްވަރާކުރަން ބޭނުންވާތީ އެކަމަށް އެދި ސިޓީފުޅެއް ފޮނުވާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ކޮވިޑް-19 އަކީ މުޅި އިންސާނިއްޔަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ، އެންމެ ފަގީރު ގައުމުތަކަށް ދެ ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމެއް ހޯދައިދިނުމުގެ ޕްލޭނަކަށް އދ. އިން ވެސް ވަނީ މަސައްކަތް ފަށާފައެވެ. 

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވި ގޮތުގައި، މި ބަލާއާފަތާ ދެކޮޅަށް އެއްވެސް ގައުމުމަކަށް އެކަނި މަސައްކަތް ކޮށްގެން ކާމިޔާބެއް ނުހޯދޭނެ އެވެ. އެގޮތުން، އެ ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކަށް މާލީ އެހީތެރިކަން ބޭނުންވާ ކަމަށާއި، އަދި މުސްކުޅިންނާއި، ކުޑަކުދިންގެ އިތުރުން އަންހެނުންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: