ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެލޭޝިއާއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ދިވެހި މީހާގެ ޙާލު ރަނގަޅު: ޑރ.ނަޒްލާ

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ.ނަޒްލާ ރަފީޤު ނޫސްވެރިންނާއި މަޢުލޫމާތު ހިއްސާކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މެލޭޝިއާއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ދިވެހި މީހާގެ ޙާލު ރަނގަޅުކަމަށާއި، މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މެލޭޝިއާގައި ކޯވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވްވެފައިވާކަން، އެ ޤައުމުގެ ސަރުކާރުން ހާމަކޮށްފައިވަނީ މި ހުސްވި ހަފުތާގައެވެ. މިކަމާއި ގުޅިގެން، އެ ޤައުމުގެ ހެލްތު މިނިސްޓްރީން ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހުގައި ކުރި ޓްވީޓެއްގައި ބުނީ، ޕޮޒިޓިވްވި މީހުންގެތެރެއިން 416 މީހުންނަކީ، އެ ޤައުމުގައި ތިބި އެހެން ޤައުމުތަކުގެ މީހުންކަމަށާއި، އޭގެތެރޭގައި ދިވެއްސަކު ވެސް ހިމެނޭކަމަށެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހުކުރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި ދިވެހި މީހާގެ މަޢުލޫމާތު ނޫސްވެރިންނާއި ހިއްސާކުރައްވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ، މެލޭޝިއާއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ދިވެހި މީހާއަށް ފަރުވާދިނުމަށްފަހު މިހާރުވަނީ ހޮސްޕިޓަލުން ދޫކޮށްލާފައިކަމަށެވެ.

މީގެ އިތުރުން ނަޒްލާ ވިދާޅުވީ، މެލޭޝިއާއިން ރާއްޖެއަށް އެނބުރިއައި މީހުންގެތެރޭގައި އޭނާއާއި ބައްދަލުވި މީހުންނަކީ ކޮބައިތޯބެލުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށެވެ.

”ދެން މީޑިއާގަ ވެސް ކުރިން ވެސް އަޅުގަނޑުމެންނަށް މަޢުލޫމާތުދެވުނު ފަދައިން، މެލޭޝިއާާގައި ހުރި ދިވެއްސަކު ޕޮޒިޓިވްވިކަމަށް މެލޭޝިއާގެ އިދާރާތަކުން މަޢުލޫމާތު ހާމަކުރެއްވިއިރުގަ މަޢުލޫމާތު ލިބިފަވީ. ދެން ފޮރިން މިނިސްޓްރީއާ އަދި އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަންސް މެކޭނިޒަމްގެތެރެއިން އަޅުގަނޑުމެން ހޯދި މަޢުލޫމާތުން މިހާރުއެއީ ކޮން ފަރާތެއްކަން އެނގި ދެން އެ ފަރާތް މިހާރު ބަލި ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލެވިފައިވާކަމަށް މަޢުލޫމާތު ލިބިފައިވޭ. އަދި މެލޭޗިއާއިން ރާއްޖެއައި ފަރާތްތަކުގެތެރެއިން އެ ފަރާތާ އެއްވެސް ކޮންޓެކްޓެއް ވީ މީހަކު ހުރިތޯ ބެލުމަށް ކޮންޓެކްޓިންގ ކޮންޓެކްޓް ޓްރޭސިންގް މަސައްކަތް މިހާރުދަނީ ކުރިއަށް.“ ޑރ.ނަޒްލާ

މެލޭޝިއާއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މި ދިވެހި މީހާ ރަނގަޅުވެފައިވާއިރު، މި ބަލީގެ ނުރައްކާތެރިކަން ބޮޑުވެފައިވާ އިނގިރޭސިވިލާތުން ވެސް ވަނީ ދިވެހި 03 މީހުން މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: