ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯވިޑް-19 އަށް ޓެސްޓްކުރުމަށް، މިއަދާއި ހަަމައަށް 2500 ސާމްޕަލް ނަގާފައިވާނެ: ޑރ. ނަޒްލާ

ފޮޓޯ:ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް-19 އަށް ޓެސްޓްކުރުމަށް، މިއަދާއި ހަަމައަށް 2500 ސާމްޕަލް ނަގާފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެން.އީ.އޯ.ސީ) ގައި ހުކުރުދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ކޮމިއުނިކަބަލް ޑިސީސް ޑިޕާޓްމަންޓުގެ ހެޑް ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ، ކޯވިޑް-19 އަށް 2500 ސާމްޕަލް މިއަދާއި ހަމައަށް ނެގިފައިވާކަމަށާއި، އޭގެތެރެއިން 2471 ސާމްޕަލް ނެގެޓިވްވެފައިވާކަމަށެވެ. މީގެ އިތުރުން ޑރ.ނަޒްލާ ވިދާޅުވީ، 10 ސާމްޕަލެއްގެ ނަތީޖާ އަދި ލިބިފައިނުވާކަމަށެވެ.

ކޯވިޑް-19 އިގެ އަޕްޑޭޓްސްތައް ނޫސްވެރިންނާ ހިއްސާކުރަމުން ޑރ.ނަޒްލާ ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދަށް ބަދަލެއް އައިސްފައިނުވާކަމަށެވެ.

މި ބައްޔަށް މިހާރު ރާއްޖެއިން 04 މީހަކަށް ފަރުވާދެމުންދާކަމަށާއި، އޭގެތެރެއިން 13 މީހަކު މި ބަލިން ރަނގަޅުވެފައިވާކަމަށް ވެސް ޑރ،ނަޒްލާވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން، މި ބައްޔަށް ޕޮޒިޓިވްވި މީހުންނާއި، މި ބައްޔަށް ޝައްކުކުރެވޭފަދަ ޢަލާމާތްތައް ހުރެގެން އެކަހެރިކޮށްފައިވާ މީހުންނާއެކު ޖުމްލަ 12 މީހަކު އައިސޮލޭޝަން ފެސިލިޓީގައި ތިބިކަމަށާއި، ކަރަންޓީނު ފެސިލިޓީތަކުގައި މިހާރުވެސް ޖުމްލަ 852 މީހަކު އެބަތިބިކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެއާއެކު ނަޒްލާ ވިދާޅުވީ ކަރަންޓީނުކޮށްފައިވާ 59 މީހަކު ކޯވިޑަށް ޓެސްޓުކޮށްފައިވާކަމަށާއި، މޮނިޓަރިންގެ ހާލަތުން 10 ރިސޯޓަކާއި 55 ސަފާރީއެއް ނެގުމަށްފަހު، އެ ރިސޯޓުތަކާއި ސަފާރީތަކުން، ހަމަޖެހިފައިވާ ޢުޞޫލުގެ ދަށުން މުވައްޒަފުންނާއި ކްރޫއިން ފޭބުމުގެ ކަންކަން މިހާރު ކުރިއަށްދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: