ތަރުކާރީއާއި މޭވާ ހިމެނޭހެން 7.4 ޓަނުގެ( 6400ކގ) ގެ މުދާ ރާއްޖެ ގެނެސްފިއެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީން، ހުކުރުދުވަހުގެރޭ ގެނައި މުދާތަށް ރާއްޖެ ގެނެސްފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
ދުބާއީންގެނައި މި މުދަލުގެތެރޭގައި ހިމެނެނީ މޭވާއާއި ތަރުކާރީގެ އިތުރުން ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ އެންމެ މުހިންމު މުދަލެވެ.
https://twitter.com/MaldivianAero/status/1248664447897370624?s=20
ދުބާއީގެ މި ދަތުރުގެ އިތުރުން، މޯލްޑިވިއަނުންވަނީ، ބެންކޮކަށާއި، ކޮލަމްބޯއަށާއި، ޓްރިވެންޑްރަމަށާއި، ޗެންނާއީއަށް ކޮންމެ ހަފުތާއަކު ވެސް، ކާގޯ ދަތުރުތަކެއް ކުރުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި އާފާތުގެ ސަބަބުން، ބައިނަލްއަޤްވާމީ ދަތުރުފަތުރުތައްވަނީ މަޑުޖެހިފައެވެ. ކަން މިހެން ހުރިއިރު ދިވެހިރާއްޖެއަކީ، ބޭރުގެ އުފެއްދުންތަކަށް ބުރަވެފައިވާ ޤައުމަކަށްވުމުން، މި ހާލަތުގައި ރާއްޖެއަށް ކޮންމެހެން ބޭނުންވާނެ މުދާ މެދުކެނޑުމެއްނެތި ގެނައުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރަމުންނެވެ.

