ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ޚިދުމަތްތައް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ޚިދުމަތްތައް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

އެސްޓިއޯއިން މިއަދު ބުނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެދުވަހަކު އެސްޓީއޯ ހޯމް އިމްޕޮރޫވްމަންޓް ހުޅުވިފައި ހުންނާނީ، ހެނދުނު 10:00 ފެށިގެން މެންދުރު 12:00 އަށްކަމަށާއި، މެންދުރުފަހު 13:15 އިން ފެށިގެން، ހަވީރު 18:00 އަށްކަމަށެވެ.

މީގެިއތުރުން ރޭގަނޑު ހުޅުވިފައި ހުންނާނީ، 20:00 އިން ފެށިގެން 22:00 އަށްކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނީ، ހުކުރުދުވަހު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްއިން ޚިދުމަތް ފޯރުކޮށްދޭނީ، ހަވީރު 16:00 އިން ފެށިގެން 18:00 އަށްކަމަށާއި، ރޭގަނޑު ޚިދުމަތް ފޯރުކޮށްދޭނީ، 20:00 އިން ފެށިގެން 22:00 އަށްކަމަށެވެ.

އެސްޓީއޯއިން އެންމެ ފަހުން ޚިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެސްފައިވަނީ މި މަހުގެ 08 ވަނަ ދުވަހުއެވެ. ނަމަވެސް ކާފިއު އުވާލުމާއި ގުޅިގެން މިވަނީ ހަވީރު ވެސް ޚިދުމަތް ފޯރުކޮށްދިނުމަށް ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: