ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރަށް ވާ ވަރަށް ކާބޯތަކެއްޗާއި އަސާސީ ތަކެތި ފޯރުކޮށްދެމުންދާނަން: އިކޮނޮމިކް މިނިސްޓަރު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް. ފޮޓޯ: އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށްވާ ވަރަށް ކާބޯތަކެއްޗާއި އަސާސީ ތަކެތި ފޯރުކޮށްދެމުންދާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ހޮނިހިރުދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުޑް ސެކިއުރިޓީއާއި ގުޅޭގޮތުން ވާހަކަދައްވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، 2021 ވަނަ އަހަރަށްވާ ވަރަށް ކާބޯތަކެއްޗާއި އަސާސީ ތަކެތި ފޯރުކޮށްދެމުންދާނެކަމަށާއި، އެކަމުގެ ޔަޤީންކަން ކުރިން ވެސް ދެއްވާފައިވާނެކަމަށެވެ.

ނަމަވެސް، ބައެއް މީހުން ގިނަ ޢަދަދެއްގެ ފައިސާ ބޭކާރުގޮތުގައި ޚަރަދުކުރުމަށްފަހު، ކާޑުގެ ބާވަތްތައް ގުދަންކުރިކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

 

”އަޅުގަނޑު ތިބޭފުޅުންނާ ބައްދަލުކޮށް ތަކުރާރުކޮ ދެންނެވިން ކާޑަކަށް ނުޖެހޭނެއޭ. ބައްލަވައި ނުގަންނަވާށޭ، ސިޓިން ރޫމަށް އެތެރެ ނުކުރާށޭ، ބަސްތާއިން ބަސްތާއިން. އެހެން ނަމަވެސް ބައިވަރު ބޭފުޅުން ހަމަ ބައްލަވައިގަތީ. ގޭގޭގަ ފަސް ބަސްތާ، ދިހަ ބަސްތާ، ދެ މީހުން އުޅޭ ގޭގެއަށް ދިހަ ބަސްތާ ހަނޑޫ ވައްދާފަ އެބަހުރި.“ ފައްޔާޒް

ފައްޔާޒު ވިދާޅުވީ، މި ޤައުމު ބަނޑަށްޖެހޭ ހާލަތަކަށް ދާނެކަމަކަށް އަދި ޤަބޫލެއްނުކުރައްވާ ކަމަށާއި، ދުނިޔެ ބަނޑަށް ޖެހިއްޖެ ހާލަތެއްގައި، ރާއްޖެއަށް ވަކި ކުރެވޭނެކަމެއް ނޯންނާނެކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ދުނިޔޭގެ އިޤުތިޞާދަށް އަސަރުތަކެއް ކުރި ނަމަވެސް، އެގުރިކަލްޗާރ، މެނުފެކްޗަރިންގ މަސައްކަތްކަތް ކުރަމުން އަންނަ ބަޔަކު އެކަން ކުރަމުންދާނެކަމަށާއި، ލޮކްޑައުންކޮށްފައިވާ މި ފަދަ ހާލަތެއްގައި ހުރިހައި ޤައުމަކުން ވެސް ބަލަމުންދަނީ މިއީ ވަގުތީކަމެއްގެ ގޮތުގައި ކަމަށެވެ.

”ފުޑް ސެކިއުރިޓީގެ ވާހަކަ ދައްކާއިރު، އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެން ބަނޑަށް ޖެހޭ ހާލަތަކަށް އަދި ދާނެ ކަމަކަށް. ދުނިޔެ ބަނޑަށް ޖެހިއްޖެނަމަ އަޅުގަނޑުމެންވެސް ބަނޑަށް ޖެހޭނެ، އެއަކަށް ދެން އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްވެސް ނޯންނާނެ. އެ ހިސާބަށް ގޮސްފިއްޔާ. އެހެންނަމަވެސް އަދިއެއް އިރާދަކުރެއްވިއްޔާ އެކަހަލަ އަޅުގަނދުމެންގެ އިޤުތިޞާދަށް ވަރަށް ބޮޑު އަސަރުތަކެއް މުޅި ދުނިޔޭގަ ކުރިކަމުގަވިޔަސް، އެގްރިކަލްޗާރ މަސައްކަތް ކުރަމުންދާ ބަޔަކު އެގްރިކަލްޗާރ މަސައްކަތް ކުރަމުންދާނެ. މެނިފެކްޗަރިންގ މަސައްކަތްކުރަމުންދާ ބަޔަކު މެނިފެކްޗަރިންގ މަސައްކަތް ކުރަމުންދާނެ. ލޮކްޑައުންގެ ހާލަތުގައި މީ ވަގުތީ ކަމެއްގެ ގޮތުގައި ހުރިހާ ޤައުމުތަކުން ވެސް މި ބަލަނީ. ހަމަ އެ ކޮންޓްރޯލްކޮށްފަ ހުޅުވާމިލަނީ. އެހެންވީމަ އެގޮތަށް ބަލާއިރު އަޅުގަނޑުމެންނެއް ޤަބޫލެއްނުކުރަން އެ ހާލަތަކަށް ދާނެކަމަކަށް.“ ފައްޔާޒް

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ދަނޑުވެރިކަމަކީ މި ސަރުކާރުގެ ނޫ އިޤުތިސާދުގެ ދަށުން، އިޤުތިސާދު ފުޅާކުރަން ހިމަނާފައިވާ ކަމެއް ކަމަށާއި މިހާރު ކުރަމުންދާ ކަމަކީ މި ދުވަސްވަރާ ގުޅިގެން އެކަމާ ގުޅުންހުރި ކަންކަން އަވަސްކުރުން ކަމަށެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ، ފުޑް ސެކިއުރިޓީގެ ޕްރޮގުރާމަކީ، މި އަހަރުގެ ފަހުކޮޅުގައި ފަށަންއޮތް ޕްރޮގުރާމެއްކަމަށާއި، ނަމަވެސް ކޯވިޑް-19 އިގެ ހާލަތުއައުމާއެކު މިކަން އަވަސްކުރަންވެއްޖެކަމަށް ޤަބޫލުކުރެއްވޭކަމަށެވެ. އަދި މި ހާލަތުގައި އެ ކަން ކުރުމުގެ ސަބަބުން އެތައް ބަޔަކަށް އޭގެ މަންފާ ލިބި، އިޤުތިޞާދުގައި ކަންކަން އެނބުރުމުގެ ފުރުސަތުއޮތްކަމަށް ވެސް ޤަބޫލުކުރެއްވޭ ކަމަށެވެ.

”މި ދިމާވި މި ކޯވިޑް-19 އިގެ މައްސަލައާއި ގުޅިގެން އިތުރު މުހިންމުކަމެއް އަޅުގަނޑުމެން މިދިނީ މި ޕްރޮގުރާމް އަވަސްކުރަން، އަޅުގަނޑުމެން ރޭވިފައޮތް ގޮތުން ވެއްޖިއްޔާމު މި އަހަރު ނިމޭ ހިސާބުގަ އެ މަސައްކަތް ފަށަންއޮތީ. އެހެންނަމަވެސް މިހާރު މި ކަމާއި ގުޅިގެން، މި ކަމުގެ އަޅުގަނޑުމެން އެ ވާހަކަދައްކަމުން އަބަދުވެސް ދިވެހި ރައްޔިތުން ވެސް އަންނަނީ މި ކަހަލަ ހާލަތެއެް ކުރިމަތިވެއްޖިއްޔާ ފުޑް ސެކިއުރިޓިގެ މައްސަލަ ދިމަވާނެތީ. ދެން އެކަން ނުކުރެވި އުޅެނީސް މި ކަން މިއޮތީ ދިމާވެފަ. އެހެންވީމަ އަޅުގަނޑުމެންގެ ޕްލޭން އަވަސްކޮށް އެ މަސައްކަތް ފެށުމަށް މިހާރު ކަންތައްތަކެއް ނިމިފަވަނީ.“ ފައްޔާޒް

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: