އެމްޑަބުލިޔުއެސްސީގެ ކަސްޓަމަރ ސަރވިސް ކައުންޓަރުންނާއި، ރިސެޕްޝަން ކައުންޓަރުން މި ހަފުތާގެ ދެދުވަހު ޚިދުމަތް ފޯރުކޮށްދޭ ގޮތަށް ނިންމައިފިއެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ބުނީ 13 އޭޕްރީލްވާ ހޯމަދުވަހާއި، 15 އޭޕްރީލްވާ ބުދަ ދުވަހު، އެ ކުންފުނީގެ ކަސްޓަމަރ ސަރވިސް ކައުންޓަރުންނާއި، ފެން ބިލްޑިންގުގެ ފަސްވަނަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ޚިދުމަތް ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.
މި ގޮތުން އެ ދެ ދުވަހު ވެސް ޚިދުމަތްދެމުންދާނީ ހެނދުނު 09:00 އިން ފެށިގެން، މެންދުރު 12:00 އަށްކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އެމްޑަބުލިޔުއެސްސީން ބުނީ، ފެންބިލަށް ފައިސާ ބަލައިގަތުމާއި، ކޯޓޭޝަންތަކަށް ފައިސާ ބަލައިގަތުން ހަމަޖެހިފައިވަނީ، ޑެބިޓްކާޑުންނާއި ކްރެޑިޓްކާޑުން ނުވަތަ ޗެކު މެދުވެރިކޮށްކަމަށެވެ. މި ޚިދުމަތް ފޯރުކޮށްދެމުންދާނީ ކަސްޓަމަރ ސަރވިސް ކައުންޓަރުންކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން، ސިޓިއާއި އިންވޮއިސްއާއި، އެހެނިހެން ލިޔެކިޔުންތައް ބަލައިގަންނާނީ، ރިސެޕްޝަން ކައުންޓަރުންކަމަށާއި، ލިޔެކިޔުންތަކަށް އޮންނަ އުސޫލުގެދަށުން ފައިސާދޫކުރުން އެ ކައުންޓަރުން ކުރިއަށްދާނެކަމަށެވެ.
އެމްޑަބުލިޔުއެސްސީގެ ޚިދުމަތްތަކާއި، އެހެނިންހެން ކަންކަމާއި ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ސިޓީއާއި ލިޔެކިޔުންތައް mail@mwsc.com.mv ފޮނުވޭނެކަމަށާއި، ކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ނަންބަރު 105 އަށް ކޮންމެ ވަގުތަކުވެސް ގުޅޭނެކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އެމްޑަބުލިޔުއެސްސީން ވަނީ، މިފަދަ ދަނޑިވަޅެއްގައި ފެންބިލަށްއަރާވަރު ބެލުމަށާއި، ފައިސާދެއްކުމަށް އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަންގެ ބޭނުން ހިފުމަށް އިސްކަންދިނުމަށް ވެސް އިލްތިމާސްކޮށްފައެވެ.

