ކަބޯތަކެތީގެ ގިނަ ބާވަތްތަކެއް ރާއްޖެ ގެނެސްފިއެވެ.
މޯލްޑިވްސް ޕޯރޓްސް ލިމިޓެޑުން ( އެމްޕީއެލް ) ހޮނިހިރު ދުވަހު ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި ރާއްޖެ ގެނެސްފައިވަނީ، ”ނިޢުމަތު“ ނަމަކަށް ކިޔުނު ކާގޯ ބޯޓަކުންނާއި، ”ނިޢުމަތު2“ ނަމަކަށް ކިޔުނު ކާގޯ ބޯޓެއްގައެވެ.
މި ދެ ބޯޓު ރާއްޖެއަށް ބަނދަރުކޮށްފައިވަނީ، މި މަހުގެ 10 އާއި، 11 ވަނަ ދުވަހުގައިކަމަށް އެމްޕީއެލްއިން ބުނެއެވެ.
މި ގޮތުން، ހޮނިހިރު ދުވަހު ބަނދަރުކުރި ”ނިޢުމަތު“ ބޯޓުން ގެނައި ތަކެތީގެތެރޭގައި، 4125 ބިސް ކޭހާއި، 3220 ބަސްތާ ފިޔަލާއި، 1160 ބަސްތާ އަލުވި ހިމެނޭކަމަށް އެމްޕީއެލްއިން ބުނެއެވެ.
މީގެ އިތުރުން، 960 ބަސްތާ ކެބެޖާއި، 648 ކެޔޮގަނޑާއި، 810 ފޮށިގަނޑު ޓޮމާޓޯއާއި، 800 ބަސްތާ ކަރަލާއި، 264 ކޭސް އަލަނާސީގެ އިތުރުން، 380 ބަސްތާ ބަރަބޯ ވެސް ހިމެނޭކަމަށް ވެސް އެމްޕީއެލްއިން ހާމަކުރެއެވެ.
https://twitter.com/Portmv/status/1249044780958416896?s=20
”ނިޢުމަތު2“ އިން ގެނައި ތަކެތީގެތެރޭގައި، 9990 ކޭސް ބިހާއި، 2060 ބަސްތާ އަލުތްވާއި، 160 ބަސްތާ ބަރަބޮލާއި، 8880 ބަސްތާ ފިޔާ ހިމެނޭކަމަށް އެމްޕީއެލްއިން ބުނެއެވެ.
https://twitter.com/Portmv/status/1248919857044701186?s=20
ކޯވިޑް-19 އާއި ގުޅިގެން، ވިޔަފާރިތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަށް ކުޑަކުރުމުގެ ގޮތުން ވިޔަފާރިވެރިންނަށް ޚާއްސަ ލުއިތަކެއް ދިނުމަށް އެމްޕީއެލްއިންވަނީ ނިންމާފައެވެ. މި ގޮތުން، 30 މާރިޗުން ފެށިގެން، ޖޫން 30 ގެ ނިޔަލަށް، އެ ކުންފުނިން ނަގާ ބައެއް ފީތައް ކުޑަކޮށް، މުދާ ގުދަންކުރުމަށް ފަސޭހަ އިންތިޒާމުތަކެއް އެ ކުންފުނިންވަނީ ހަމަޖައްސައިދީފައެވެ.

