ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު މިއޮތް މަޖިލީޙުން ހެދި އެންމެ ބޮޑު ގޯހަކީ ޤާނޫނީ ހުސްކަމެއް ދިމާވުމުން ސުޕްރީމް ކޯޓުން ފަރުވާއެއް ނުހޯދުން: ޑރ ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ތިބި ކައުންސިލްތަކުގެ ދަރުރު ހަމަވެ ލާމަރުކަޒީ އުސޫލުން އިދާރާ ދާއިރާތައް ހިންގުން ގާނޫނީ ހުސްކަމެއްގެ ތެރެއަށް ގޮސްދާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައި މިހާރު އޮތް ރައްޔޮތުންގެ މަޖިލީޙުން ހެދި އެންމެ ބޮޑު ގޯހަކީ  ޤާނޫނީ ހުސްކަމެއް ދިމާވުމުން ސުޕްރީމް ކޯޓުން ފަރުވާއެއް ނުހޯދުން ކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. 

މި މަހުގެ18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބު ފަސްކޮށް މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުގެ ފަރާތުން މަޖިުލީހަށް ދެ ބިލެއް ފޮނުވާފައިވާއިރު އެކަމާއި ގުޅިގެން ކުރަމުންދާ ގާނޫނީ ބަހުސްތަކަށް ރައްދު ދެއްވައި ޑރ ޖަމީލް ކުރެއްވި ޓުވިޓްތަކެއްގައި ވިދާޅުވީ  މި މަޖިލީހުން ހެދި އެންމެ ބޮޑު ގޯހަކީ ޤާނޫނީ ހުސްކަމެއް ދިމާވުމުން ސުޕްރީމް ކޯޓުން ފަރުވާއެއް ނުހޯދުން ކަމަށާއި ނަމަވެސް އެންމެ މަތީ ކޯޓަކީ ދުޞްތޫރީ ކޯޓު ކަމަށާއި  ދުޞްތޫރީ ކަންކަމަށް އެ ކޯޓުގެ އިޙްތިޞާސް ނެތް ކަމަށް ހަދައިފިނަމަ މިފަދަ ކޮންމެ ކަމަކާ މެދު އަރައިރުން އުފެދޭނެ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. 

ޖަމީލް ވިދާޅުވީ  ކުރިމަތިވާ ޚާއްސަ ޙާލަތްތަކުގައި ނެސެސިޓީގެ އުސޫލަށް ބަލައި އިންތިޚާބުތައް ފަސްކޮށްފައިވާކަން ރާއްޖޭގެ ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމްތަކުންނާއި އެހެނިހެން ޖޫރިސްޑިކްޝަންތަކުގައި ޤާއިމްކޮށްފައިވާ ޤާނޫނީ ހަމަތަކުން ސާބިތުވާ ކަމަށެވެ. 

މީގެއިތުރުން ޑރ ޖަމީލް ވިދާޅުވީ  ކައުންސިލް އިންތިޚާބަށްޓަކައި ކަމަށް ބުނެ ޤާނޫނުއަސާސީ އިޞްލާޙްކުރުމަކީވެސް ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި  ކުއްލި ޙާލަތްތަކުގައި ޢަމަލްކުރާނެ ގޮތް ބަޔާންކޮށް އިންތިޚާބުތަކާ ބެހޭ ޤާނޫނަށް އިޞްލާޙް ގެނެވިދާނެކަން ފާހަގަ ކުރައްވައި ޖަމީލް ވިދާޅުވީ  އެންމެ ރަނގަޅު ގޮތަކީ ދުޞްތޫރީ ޚުސޫމަތަށް ސުޕްރީމް ކޯޓުން ޙައްލު ހޯދުން ކަމަށެވެ. 

ކައުންސިލް އިންތިހާބާއި ގުޅިގެން ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވާއިރު ކައުންސިލް އިންތިހާބު ފަސްކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހަށް ހާއްސަ ބިލެއް ހުށަހަޅާފައެވެ. އެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައި ވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއެވެ. އަދި މިހާރު ތިބި ކައުންސިލްތަކުގެ ދައުރު. ދެންމުމަށް ވެސް ސަރުކާރުގެ ފަރާތުން ވަނީ ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައެވެ. ނަމަވެސް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލްގެ މަސައްކަތް ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ ކުރިއަށް ގެންދެވިދާނެ ކަމާއިމެދު ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ ސުވާލު އުފައްދަވައި އެ ބިލް މަޖިލީޙުގެ އެޖެންޑާއިން ނަގާފައެވެ. 

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލް މިހާރު ރާއްޖޭގައި އޮތް ހާލަތުގެ ސަބަބުން ކުރިއަށް ގެންދެވިދާނެ ކަމާއިމެދު މަޖިލީހުގެ ރައީސް ސުވާލު އުފައްދަވައި ބިލް މަޖިލީޙުގެ އެހެންޑާއިން ނަގާފައި ވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތުމަތު ފިލްޒާ މަޖިލީޙުގެ ރައީސް އަށް ގާނޫނީ ލަފާ ދެއްވާފައިވަނިކޮށެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: