ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްޔަކާއި ނުލައި 3 އަހަރު ދުވަހުގެ މުއްދަތަށް ދަނޑުވެރިކަމަށް ބިންދޫކުރަން ނިންމައިފި

ފުވައްމުލަކުގައި މީހަކު ހައްދާފައިވާ އަލައޮޅެއް. ފޮޓޯ:ޓްރިޕްއެޑްވައިޒަރ
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް ކުއްޔަކާއި ނުލައި ތިންއަހަރު ދުވަހުގެ މުއްދަތަށް ދަނޑުވެރިކަމަށް ބިންދޫކުރަން ނިންމާފައިވާކަމަށް އެގްރިކަލްޗަރު މިނިސްޓަރު ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަހާ ވިދާޅުވީ، ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، މި ގޮތުން ދަނޑުވެރިކަން ކުރުމަށް ބިންދޫކޮށް އެ މަސައްކަތް ފުޅާކުރަން މަސައްކަތް ފަށަފައިވާކަމަށެވެ.

މީގެ އިތުރުން ޒަހާ ވިދާޅުވީ، ޕްލޭނިންގް މިނިސްޓްރީއާއި ގުޅިގެން ކުއްޔަކާއިނުލައި ކައުންސިލުތަކަށް ބިންދޫކުރުމާއި ގުޅޭ ކަންކަން އިންތިޒާމުކުރަމުން އަންނަކަމަށާއި، ބިން ދޫކުރާނީ އެގްރިކަލްޗަރު މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތީންކަމަށެވެ.

”ފުރަތަމަކަމަކަށް އަޅުގަނޑު ކާނާގެ ޔަޤީންކަން ކަށަވަރުކުރުމުގެ ގޮތުން، ކުރަމުންދާ މަސައްކަތްތަކުގެތެރޭގައި، ބިން އޮތް ރަށްރަށުން ދަނޑުވެރިކަންކުރުމަށް ބިންތައް ކަނޑައަޅައި ކައުންސިލުތައް މެދުވެރިކޮށް އެއްވެސް ކުއްޔަކާނުލައި ތިން އަހަރުގެ މުއްދަތަކަށް ރައްޔިތުންނަށް ދޫކުރުމަށް ސަރުކާރުންވަނީ ނިންމަވާފަ. އެހެންވީމަ މި މަސައްކަތްތައް މިހާރު މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް އިންފްރާސްޓަކްޗަރއާއި މި މިނިސްޓްރީއާއި ގުޅިގެން އަޅުގަނޑުމެން މިދަނީ އެ މަސައްކަތްތައް ރާވަމުން.“ ޒަހާ

ޒަހާ ވިދާޅުވީ، ބޭނުންވަނީ ހަމައެކަނި ބިންތައް ކަނޑާފަ ދިނުމެއް ނޫންކަމަށާއި، ބޭނުންވަނީ އެ ބިންތަކުން ކާނާގެ ޔަޤީންކަން އިތުރުކުރުމަށް މީހުން ދިރިއުޅޭ ރަށްރަށުން 25 އިންސައްތައާއި ހަމައަށް ކާނާނެރުންކަމަށެވެ.

”ދެންހަމަ އެއާއެކީގަ މި ދަނޑުވެރިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިންދޫކުރުމުގަ އަޅުގަނޑުމެންނާއެކީގަ މަޝްވަރާކުރެވި އެގްރީމެންޓްތަކެއް ކައުންސިލާއެކީގަ އޮންނަންވާނެ މިވެނި ބާވަތެއް ހެއްދުމަށްޓަކައޭ މިކަން މިކުރަނީ. އެހެންވީމަ އަޅުގަނޑުމެން ބޭނުންވަނީ ނަތީޖާ ހާސިލްވާ ގޮތަށް މިމަސައްކަތް ކުރަން. ހަމަ އެކަނި ބިންތަކެއް ކަނޑާފަ ދިނުމެއް ނޫން. އެކަމަކު އެ ބިންތަކުން އަޅުގަނޑުމެންގެ ކާނާގެ ޔަގީންކަން، ފުއްދުންތެރިކަން ޔަގީންކުރުމަށްޓަކައި މީހުން ދިރިއުޅޭ ރަށްރަށުން 25 އިން ސައްތައާ ހިސާބަށް މި ކާނާ ނެރުން،“

މި ބައްދަލުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވިދާޅުވީ، ދަނޑުވެރިކަމަށް މި ފެށި މަޝްރޫޢަކީ، މި އަހަރުގެ ފަހުކޮޅަށް ހަމަޖައްސާފައިވާ މަޝްރޫޢެއް ކަމަށެވެ. އެހެން ނަމަވެސް، ދިވެހި ރާއްޖޭގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ދަތިތަކާއި ގުޅިގެން، ކާބޯތަކެތީގެ ޔަޤީންކުރުމަށް އެ މަޝްރޫޢު އަވަސްކުރީކަމަށް ވެސް ފައްޔާޒްވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: