ކޮރޯނާ ވައިރަސްއާއި ގުޅިގެން އިގްތިސޯދު ދަށަށް ދިޔަ ނަމަވެސް، ރާއްޖެ ބަނޑަށް ޖެހި ރިސޯޓްތަކުގައި މަސް ކައްކަންޖެހޭ ހިސާބަށް ގޮސްފައިވާކަމަށް ގަބޫލުނުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ރާއްޖޭގައި ހުރި ފަސް ތަރީގެ ރިސޯޓުތަކުގައި މަސްކައްކާ އެ ހުރިހާ މަސައްކަތެއް ކުރަންޖެހޭ ހާލަތަކަށް ނުދާ ކަމަށެވެ. އަދި މި ކާރިސާއާއި ގުޅިގެން ރާއްޖެ ބަނޑަށް ޖެހިދާނެކަމަށް ވެސް ގަބޫލު ނުކުރާ ކަމަށެވެ.
މަސް ކެއްކުމާއި ގުޅޭގޮތުން ދެއްކެވި ވާހަކައަށް ބާރު ދެއްވާ ފައްޔާޒް ވިދާޅުވީ، އޭނާ ވިދާޅުވަނީ އެއްގޮަތަކަށް އެ މަސައްކަތް ކުރިޔަކަށް ނުގެންދެވޭނެ ވާހަކައެއް ނޫން ކަމަށެވެ. މަސް ކެއްކުމަށް ރާއްޖޭގެ ރަށްތަކާއި އަދި ފަޅުރަށްތައް ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެއްކެވި ވާހަކަތަކަކީ، ހާލަތު ދިގުދެމިގެން ގޮސްފި ހާލަތެއްގައި ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ކުރިޔަށް ގެންދެވިދާނެ މަސައްކަތެއްގެ ގޮތުގައި ފައްޔާޒް ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ހާލަތު ހަ މަސް ދުވަހަށް ވުރެ ދިގުލައިގެން ދާނަމަ އެއީ ވިސްނުމަށް ރަނގަޅުކަމެއްގެ ގޮތުގައި ފައްޔާޒް ވިދާޅުވިއެވެ.
ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލާ ފައްޔާޒް ވިދާޅުވީ ރާއްޖެއަށް ބޭނުންވާވަރަށް ކާބޯތަކެތި ލެބެމުންދާ ކަމަށެވެ. އަދި ގައުމުތަކަށް ބަލާއިރު ކިރިޔާވެސް އެފަދަ މަސައްކަތެއް ކުރިޔަށް ގެންދެވޭ ގައުމަކީ ވެސް ރާއްޖެ ކަމަށެވެ. ކާބޯތަކެތި ހުސްނުވާނެކަމަށް ބުނުމަކީ، އެއީ އަސާސީ ކާބޯތަކެތިކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. އާއްމު ދިރިއުޅުމުގައި ކެއުމަށް ބޭނުންވާ ބާވަތްތަައް ލިބުމުގައި އަންނާނެ ދަތިކަމެއް ނޯންނާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފައްޔާޒް ވިދާޅުވީ، ސަރުކާރުން ތަކުރާރުކޮށް ކާބޯތަކެތި ހުރިކަން ހާމަކުރަމުން ދިޔަ ނަމަވެސް ބައެއް އައްމުން ދެތިން މީހުން އުޅޭ ގައުމުތަކުންވެސް ކާޑުގެ ބާވަތްތައް ބަސްތާތަކުން ވައްދާފައިވާ ކަމަށެވެ.
ދުނިޔެ ބަނޑަށް ޖެހިއްޖެނަމަ އަޅުގަނޑުމެންވެސް ބަނޑަށް ޖެހޭނެ، އޭގައި ކުރެވޭނެ ކަމެއްވެސް ނޯންނާނެ. ދުނިޔޭގެ އިގްތިސާދަށް އަސަރުތަކެއް ކުރި ނަމަވެސް، އެގްރިކަލްޗާ، މެނުފެކްޗަރިން މަސައްކަތް ކުރަމުންދާ ބަޔަކު އެކަން ކުރަމުންދާނެ. ލޮކްޑައުންގެ ހާލަތުގައި މިއީ ވަގުތީ ކަމެއްގެ ގޮތުގައި ހުރިހާ ގައުމަކުން ވެސް ބަލަމުންދަނީ. ހަމަ ކޮންޓްރޯލްކޮށްފައި ހުޅުވާލަނީ.“
ފައްޔާޒް ވިދާޅުވީ، ސަރުކާރުން ތަކުރާރުކޮށް ކާބޯތަކެތި ހުރިކަން ހާމަކުރަމުން ދިޔަ ނަމަވެސް ބައެއް އައްމުން ދެތިން މީހުން އުޅޭ ގައުމުތަކުންވެސް ކާޑުގެ ބާވަތްތައް ބަސްތާތަކުން ވައްދާފައިވާ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ، އެގޮތުގެ މަތީން ކުރިޔަށް އޮތް އަހަރަކަށް ވާވަރަށް އަސާސީ ކާބޯތަކެތި ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ދެއްވާ ކަމަށެވެ. ދަނޑުވެރިކަމަކީ މި ސަރުކާރުގެ ނޫ އިގްތިސާދުގެ ދަށުން އިގްތިސާދު ފުޅާކުރަން ހިމަނާފައިވާ ކަމެއް ކަމެއްގެ ގޮތުގައި ފާހަގަކޮށް ފައްޔާޒް މިވަގުތު ކުރިޔަށް ދަނީ މި ދުވަސްވަރާ ގުޅިގެން އެކަމާ ގުޅުންހުރި ކަންކަން އަވަސްކުރުން ކަމަށެވެ.

