ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިބްކޯ އިން އަލްބާޑިއާ ކާށިކިރު ޕައުޑަރ ތަޢާރަފްކޮށްފި

ސިބްކޯ އިން އަލްބާޑިއާ ކާށިކިރު ޕައުޑަރ ތަޢާރަފްކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ކާބޯތަކެތީގެ ދުނިޔޭގައި ފަސޭހައިން ތައްޔާރުކޮށްލެވޭ ކޮލިޓީ އަދި އަގުހެޔޮ އުފެއްދުމަކީ ކޮންމެ ކަސްޓަމަރަކުވެސް ބަލައިގަންނާނެ މުހިންމު ކަންތައްތަކެވެ.

އެގޮތުން  ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ކާބޯތަކެތީގެ މުދާ އެތެރެކޮށް ވިއްކަމުންދާ ސިބްކޯ އިން އެކުންފުނީގެ ފަރާތުން އެންމެ ފަހުން އެތެރެކުރި ”އަލްބާޑިއާ ކޮކޮނަޓް މިލްކް ޕައުޑަރ“ ދިވެހި ބާޒާރަށް މިވަނީ ތަޢާރަފްކޮށްފައެވެ. މިއީ ކޮލިޓީގެ ގޮތުން ފެންވަރު ރަނގަޅު ކާށި ބޭނުންކޮށްގެން ގޭގޭގެ ބަދިގެ ތަކުގަޔާއި ކޭޓަރިން ޚިދުމަތްދޭ ފަރާތްތަކަށް ވަރަށް ފަސޭހައިން ފެނަށް ގިރުވާލައިގެން ތައްޔާރުކޮށްލެވޭ  ޕްރޮޑަކްޓެކެވެ.

ސިބްކޯގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖަރ މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ، އަޙްމަދު ހާނީ ނަޢީމް ވިދާޅުވީ ”އަލްބާޑިއާ ކޮކޮނަޓް މިލްކް ޕައުޑަރ އުފައްދާފައިވަނީ މެލޭޝިއާގެ އެންމެ ފެންވަރު ރަނގަޅު ކާށި ބޭނުންކޮށް ’ސްޕްރޭ ޑްރައި‘ ކުރުމަށްފަހު އެއްވެސް ޕްރިޒަވެޓިވް އެއް އަދި ކޮލެސްޓްރޯލް ނުހިމެނޭ ގޮތަށެވެ.“

މީގެ އިތުރުން އަލްބާޑިއާ ކޮކޮނަޓް މިލްކް ޕައުޑަރަކީ ޒަމާނީ ދިރިއުޅުމުގައި ފަސޭހައިން ތައްޔާރުކޮށްލެވޭ ރަހަމީރު އަދި އަގު ގޮތުން އަތްފޯރާފަށުގައި ލިބޭ މި އުފެއްދުމަކީ ކަސްޓަމަރު ޚިޔާރުކުރައްވާ މިންވަރަށް ފެނަށް ގިރާލައިގެން ބޭނުންކުރެވޭނެ އެއްޗެއް ކަމަށްވެސް ހާނީ ވިދާޅުވިއެވެ.  

މެލޭޝިއާގެ އުފެއްދުމެއްކަމުގައިވާ އަލްބާޑިއާ ކޮކޮނަޓް މިލްކް ޕައުޑަރަކީ މެދުއިރުމައްޗާއި ގަލްފުގެ ގައުމުތަކުގައި މަޤްބޫލުކަން ހޯދާފައިވާ ޕްރޮޑަކްޓެކެވެ. އަދި ލިބެން ހުންނާނީ 300 ގްރާމް އާއި 1 ކިލޯގެ ޕެކިންގގައެވެ.

ސިބްކޯ އަކީ ރާއްޖޭގެ ބާޒާރުގައި މަޝްހޫރު އަލްމުދިޝް ހިކިކިރާއި އަލްމުދިޝް ޓޮމާޓޯ ޕޭސްޓް، ފަލަކް ބާސްމަތީ ހަނޑޫ، ކުޑަކުދިންނަށް ޚާއްޞަ ނެޕީއެއްކަމުގައިވާ މަމީ ޕޮކޯ ޕޭންޓްސް، ޑިއުރަސެލް ބެޓަރި އާއި ޓެޓްލީ ޓީ އަދި ވޮންޑާ ކޮފީ ފަދަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: