ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ފެނުނު ކުރެއްދޫ: މުވައްޒަފުން ދޫކޮށްލާނީ ބައްޔަށް ޓެސްޓު ކުުރުމަށްފަހު!

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ފެނުނު ކުރެއްދޫ: މުވައްޒަފުން ދޫކޮށްލާނީ ބައްޔަށް ޓެސްޓު ކުުރުމަށްފަހުކަމަށް ބުނުން - ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ގައުމުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް، ރާއްޖެއިން އެންމެ ފުރަތަމަ ފެނުނު ޅ. ކުރެއްދޫ އައިލޭންޑު ރިސޯޓުގެ ހުރިހާ މުވައްޒަފުން ވެސް ބައްޔަށް ޓެސްޓުކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮރޯނާ ވައިރަހުގެ ކޭސްއެއް ފެނިފައިވަނީ ކުރެއްދޫއިން ނެވެ. އެއީ ރިސޯޓުގައި މަސައްކަތް ކުރަމުން އައި ދެ ބިދޭސީއެއްގެ ފަރާތުންނެވެ. ޝައްކުވާ އަލާމާތްތަކެއް ފެނި އެންމެ ފުރަތަމަ ބިދޭސީން ބައްޔަށް ޓެސްޓުކޮށްފައިވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައި އެނބުރި ގައުމަށް ދިޔަ ފަތުރުވެރިއަކު ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

އެކަކު އަނެކެއްގެ ގައްޔަށް ބަލި ޓްރާންސްފާ ވީ އެ ކޭސްއާއި ގުޅިގެން ފުލުހުން އަންނަނީ ޖިނާއީ ތަހުގީގެއް ވެސް ހިންގަމުންނެވެ. އެއީ އެ ފަތުރުވެރިއާއަށް ފުރުނުގޮތާއި ގުޅޭގޮތުންނެވެ. އެ ފަތުރުވެރިޔާ ވަނީ ދިމާވީ ބައެއް ކަންތަކާއި ގުޅިގެން މާލޭގެ، މާގިރީ ހޮޓެލްގައި ދެ ދުވަހު މަޑުކޮށްފައެވެ.

ކުރެއްދޫގެ އެންމެ ފަހު ފަތުރުވެރިޔާ ފުރިފަހުން މިއަދަށް ވަނީ 14 ދުވަސް ވެފައެވެ. ތަނުގެ މުވައްޒަފުން ވަނީ، އެ މީހުން އެނބުރި ރަށަށް ދިއުމަށް ވަކިގޮތެއް އަންގާފައިނުވާތީ އެކަމާއި ބެހޭގޮތުން ކަންބޮޑުވުންފާޅުކޮށްފައެވެ.

ކުރެއްދޫއާއި ގުޅިގެން، މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ރިސޯޓާއި މެދު އަމަލު ކުރެވެނީ ތަފާތު ގޮތަކަށް ކަމަށެވެ. އަދި ސަބަބަކީ، އެކަކުގެ ފަރާތުން އިތުރު ބައެއްގެ ގައްޔަށް ބަލީގެ އަސަރުކޮށްފައިވާތީ ކަމަށެވެ. އެހެންކަމުން ޓެގުން ނިންމާފައި ވަނީ ކުރެއްދޫގައި ތިބި ހުރިހާ މުވައްޒިފުން ވެސް ކޮވިޑަށް ޓެސްޓް ކުރުމަށްފަހު ނަތީޖާ ނެގެޓިވްވުމުން ދޫކޮށްލާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

”ކުރެއްދޫއިން ގުޅުއްވާ ވަރަށް ގިނަ ބޭފުޅުން. މިއަދަށް ދުވަސް މި ހަމަވަނީ. އެހެން ހުރިހާ ރަށަކާ ކުރެއްދޫގެ ކޭސް ތަފާތު. އެއީ ކުރެއްދޫއަކީ އިމްޕޯޓްވި ކޭސްއަކުން ލޯކަލް ޓްރާސްމިޝަން ހިނގާފައިވާ ރަށަކަށް ވާތީ. ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް ޓެގްގެ މިހާރުގެ ނިންމުމަކީ ކުރެއްދޫގައި ތިބި އެންމެން ކޮވިޑަށް ޓެސްޓްކުރުން.“ މަބުރޫކް

ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓު ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތަކަކާ އެކު ފުރުވާލި ކަމަށް ތުހުމަތުކޮށް، މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ކުރެއްދޫގެ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓާ ފުރުން މަނާ ކޮށްފަ އެވެ. ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ.

ކުރެއްދޫ ރިސޯޓަށް އައި އިޓަލީ ފަތުރުވެރިޔާގެ ކިބައިން ކޮރޯނާ ވައިރަސްގެ އަލާމާތްތައް ފެނިފައިވީނަމަވެސް ރިސޯޓުން އެންމެ ފުރަތަމަ މައުލޫމާތުތައް ހެލްތް ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އާއި ހިއްސާކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ތަހުގީގަށް އެއް ކުރެވުނު މައުލޫމާތުތަކަށް ބަލާއިރު، ކޮވިޑްގެ އަލާމާތްތައް ޓޫރިސްޓް މީހާގެ ގައިން ފެނުނުކަން ޔަގީންވެފައިވާ ފުލުހުން އެ މައްސަލައާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ، އަދި ޓޫރިސްޓްގެ ކިބައިން ފެންނަން ހުރި އަލާމާތްތަކާ ގުޅިގެން އިތުރު ޓެސްޓްތަކެއް ހަދަން ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރު ލަފާ ދިނުމުން އޭނާ އެކަމަށް އިންކާރުކުރި ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ހޮޓްލައިނަށް ގުޅައިގެން ޑޮކްޓަރު ވާހަކަ ދައްކާފައި އޮތީ ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ކަމަށް ރަސްމީ ފަރާތްތަކުން ބަލާ މިންގަނޑާއި ކޮރޯނާވައިރަސް ފެތުރިގެން ރާއްޖޭން ފިޔަވަޅު އަޅާފައިވާ ގައުމުތަކަށް ބަދަލެއް އައިފައިވޭތޯ އޮޅުންފިލުވުމަށެވެ.

ކުރެއްދޫ އަކީ އިމްޕޯޓް ކޭސް އަކުން ލޯކަލް ޓްރާންސްމިޝަން އަކަށް ދިޔަ ހަމައެކަނި ރަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: