ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެންކޮކްއަށް ވެސް ކެއާ ޕެކޭޖު: ނޫޑުލްސް އާއި މަސްދަޅު ކޭސް ފޮނުވޭނެ!

މެލޭޝިއާއަށް ކެއާ ޕެކޭޖު ފޮނުވަން އާއިލާތަކުން އެއާޕޯޓުގައި ހަރަކާތްތެރި ވީ ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި، ލޮކްޑައުންކޮށްފައިވާ ބެންކޮކްގައި ތިބި ދިވެހިންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި، ނުވަތަ ކާންބޭނުންވާ އެއްޗެއް ފޮނުވަން ބޭނުންވާނަަމަ އާއިލާތަކަށް އެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި މަހުގެ 16 ވާ ބުރާސްފަތި ދުވަހު، ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް ބެންކޮކްއަށް ަދަތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ފްލައިޓުން ބެންކޮކްގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވުމުގެ ފުރުސަތު ރާއްޖޭގައި ތިބި އެ މީހުންގެ އާއިލާތަކަށް ދޭން ސަރުކާރުން ނިންމާފައިވާތީ އެކަމަށް އެދޭ ފޯމުތައް ހުށަހަޅަން އެދޭކަމަށެވެ.

އެގޮތުން އެ ސިޓީގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވޭނީ ކޮންމެ އާއިލާއަކަށް 15 ކިލޯކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ކާގޯގެ ގޮތުގައި ފޮނުވޭނީ ބެންކޮކްއިން ލިބެންނެތް ބޭހެއް ނުވަތަ އެހެން ޒަރޫރީ ބޭނުންތަކަށް ފޮނުވާ ތަކެތި ކަމަށް ވަނީ ބުނެފައެވެ.

https://twitter.com/MoFAmv/status/1249370892963950593

ފޮނުވޭނެ ތަކެތީގެ ލިސްޓެއް ހާމަކޮށް ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ އާއިލާތަކުން ޑޮކްޓަރުގެ ބޭސް ސިޓީއެއް އޮތް، ޑަކްޓަރީ ބޭސް އެ ސިޓީއަށް ފޮނުވޭނެ ކަމަށެވެ. އަދި ކެއުމުގެ ބާވަތެއްގެ ގޮތުގައި މަސް ދަޅު ކޭހާއި، ނޫޑްލްސް ކޭސް، މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ރިހާކުރު ފުޅި، އަދި ޕެކްކޮށްފައި ހުންނަ މަސްފަތާއި، ތެލުލިފަތް ފޮނުވޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ފިހާރަތަކުގައި ޕެކްކޮށްފައި ހުންނަ އެ ނޫންވެސް ކާބޯތަކެތި ފޮނުވޭނެ ކަމަށެވެ.

ކާގޯގެ ގޮތުގައި ފޮނުވޭނެ ތަކެތި: 
• މަސް ދަޅު ކޭސް
• ނޫޑްލްސް ކޭސް
• ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
• މަސްފަކެޓް / ފަތް ފަކެޓް / ފިހާރަތަކުން ވިއްކާ ޕެކްކޮށްފައި ހުންނަ ކާބޯތަކެތި
• ޗިލީ ޕޭސްޓް، މަސްމިރުސް (ހަމައެކަނި އޮރިޖިނަލް ޕެކިންގައި، ލޭބަލްއާ އެކު)

މިނިސްޓްރީން ބުނީ ތަކެތި ބަލައިގަންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ހޯލް ކައިރީގައި ބަހައްޓާފައިވާ ހާއްސަ ކައުންޓަރުތަކުން ބުދަ ދުވަހުގެ ހެނދުނު 9:00 ފެށިގެން މެންދުރު ފަހު 3:00 އަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: