ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުފޫޒަކުން ރާއްޖެ އަންނަން ޓިކެޓެއް ހޯދާފައިވާނަމަ އެއީ ”ހަޑި މުޑުދާރު“ އަމަލެއް: މަބްރޫކް

ނުފޫޒަކުން ރާއްޖެ އަންނަން ޓިކެޓެއް ހޯދާފައިވާނަމަ އެއީ "ހަޑި މުޑުދާރު" އަމަލެއްކަމަށް މަބްރޫކް ވިދާޅުވުން - ފޮޓޯ: މުހައްމަދު ޝަރުހާން
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ގައުމުތައް ލޮކްޑައުންކޮށްފައިވާ މި ހާލަތުގައި އެ ގައުމުތަކުން ދިވެހީން ގެނައުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތުގައި ބާރާއި، ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ޓިކެޓް ދީފައިވާނަމަ އެއީ ”ހަޑި މުޑުދާރު އަމަލެއް“ ކަމަށް ސަރުކާރުފެ ފަރާތުން މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ނުފޫޒެއް ބޭނުންކޮށްގެން އެއްވެސް އަމަލެއް ނުހިންގޭނެ ކަމަށެވެ. ހާއްސަކޮށް ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި ތާށިވެ، ނާދެވިފައި ތިބި ދިވެހިން އެނބުރި ގައުމަށް ގެނައުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ބާރާއި ނުފޫޒު ބޭނުން ކުރުމަކީ ”ހަޑި މުޑުދާރު“ އަމަލެއް ކަމަށެވެ.

ބާރު ބޭނުކޮށްގެން ޓިކެޓެއް ނަގާފައިވާނަމަ، އަދި އެ އަމަލި ހިންގި މީހެއްގެ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެކަން ސަރުކާރަށް ރިޕޯޓުކޮށްދިނުމަށް މަބްރޫކް ވަނީ އެދިވަޑައިގެންފައެވެ.

ވައިރަހުން ރައްކާތެރިވުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން، ދުނިޔޭގެ އެތައް ގައުމެއްގެ އެއާ ސްޕޭސް ބަންދުކޮށް ގައުމު ވަނީ ލޮކްޑައުންކޮށްފައެވެ. އަދި މި ދަނޑިވަޅުގައި އިންޓަނޭޝަނަލް އަދި އެ ގައުމެއްގެ ލޯކަލް ދަތުރުތަކެއް ވެސް ނުކުރެއެވެ. ގިނަ ދިވެހިންނަކީ، ބޭސްފަރުވާ އަދި ތައުލީމް ހާސިލް ކުރުމަށް ރާއްޖެއިން ބޭރުގައި އުޅެމުން އަންނަ މީހުންނެވެ، އަދި ގިނަވާނީ ބޭސްފަރުވާ ފުރިހަމަކުރުމަށް އެ ގައުމަކަށް ދިރިއުޅުން ބަދަލު ކުރި މީހުންނެވެ.

ގައުމުތައް ލޮކް ކުރުމުގެ ސަބަބުން، ކެއުމުގެ ކަންތަކާއި އަދި އެ ނޫންވެސް އަސާސީ ހިދުމަތްތައް ހޯދުމުގައި ގިނަ މީހުންނަށް ވަނީ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. އަދި އެ ދިވެހިންތައް ރާއްޖެއަށް އަނބުރާ ގެނައުމުގެ މަސައްކަތްތައް ސަރުކާރުން ކުރަނީ ގައުމީ އެއާލައިން މޯލްޑިވިއަން މެދުވެރިކޮށެވެ. އަދި އެ އެއާލައިން މެދުވެރިކޮށް އިޝޫ ކުރި ޓިކެޓުތައް ބައެއް މަތީ މަގާމުތަކުގައި ތިބި މީހުންގެ އާއިލާ މެމްބަރުން ހިމެނޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އަދި އެ ނޫންވެސް ގޮތް ގޮތަށް ބާރާއި ނުފޫޒު ބޭނުންކޮށްގެން ކުރިޔާލާ ޓިކެޓު ބައެއް މީހުން ކޮންފާމްކުރި ކަމުގެ އަޑުތަކެއް ވެސް ގަދަވިއެވެ.

އެގޮތުން، އާދީއްތަ ދުވަހު ސޯޝަލް މީޑިއާގައި ވަނީ މެލޭޝިއާއިން އެނބުރި އައި މީހުންގެ ލިސްޓެއްކަމަށް ބުނާ ލިސްޓެއް ދައުރުކޮށްފައެވެ. އެ ލިސްޓުން ދައްކާގޮތުން ހޯމް މިނިސްޓަރު ޝެއިހް އިމްރާންގެ އާއިލާއާއި، މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ހިމެނެއެވެ. ނަމަވެސް، އެއީ ކިހާވަރެއްގެ ސައްހަ ލިސްޓެއްކަން ކަށަވަރު ނުވެއެވެ. ނަމަވެސް، އަމީތު މެލޭޝިއާއިން ރާއްޖެ އައިސްފައިވާކަން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުން އެނގެއެވެ.

ބައެއް މީހުންނަށް އިންސާފުން ބޭރުން ޓިކެޓުދިންކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި އަމީތު ވިދާޅުވީ ނުފޫޒަކުން ވަކި މީހަކަށް ޓިކެޓް ދޭން އުޅުމަކީ މިފަދަ ދަނޑިވަޅެއްގައި ކުރާނެ ހަޑި އަމަލު ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެއީ ސަރުކާރުގެ ތެރެއިން، ނުވަތަ އަމިއްލަ ވިޔަފާރިއެއްގެ ބާރެއް ވިޔަސް އެފަދަ އަމަލެއް ހިންގިގެން ނުވާނެ ކަމަށެވެ.

”އެއީ ސަރުކާރުގެ ތެރެއިން އޮތް ނުފޫޒެއްވިޔަސް އަމިއްލަ ވިޔަފާރީއެއްގެ ކުރައްވާ ބޭފުޅެއްގެ އަތުގައި އޮތް ނުފޫޒެއްވިޔަސް، ނުފޫޒެއް ބޭނުންކޮށްގެން މިވަގުތު މިކަހަލަ ހައްސާސް ވަގުތެއްގައި ވަކި ގޮތަކަށް ތިމާ ދަންނަ ވަކި މީހަކަށް ޓިކެޓް ހޯދަން އުޅުމަކީ މުޑުދާރު ހަޑި އަމަލެއް“ މަބްރޫކު

މިހާތަނަށް އެތައް ދިވެހިންނެއް ރާއްޖެ ގެނެވިފައިވާކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ، އޭގެ ތެރޭގައި ބާރެއް ބޭނުންކޮށްގެން އައި އެއްވެސް މީހަކު ހިމެނޭނަމަ އޭނާ އެދެނީ އެކަން އިނގޭ މީހެއްނަމަ މައްސަލަ ހުށަހެޅުމަށް ކަމަށެވެ. މައްސަލަ ހުށަހެޅުމުން، އެ މައްސަލައެއް ބަލާނެކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ސައްހަ މައުލޫމާތަކާއި އެކު މައްސަލައެއް ހުށަހަޅާ މީހަކަށް ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށެވެ. އަދި އެއީ ނުބަލާ ދޫކޮށްލާނެ މައްސަލައެއް ކަމަށް ހީ ނުކުރުކަމަށް އެދޭ ކަމަށެވެ.

މިކަމާ ގުޅޭ މައްސަލަތައް ތިބޭފުޅުން ވެސް ހުށަހަޅަންވީ އެނގިވަޑައިގަންނަވާ ވަރަކަށް. ސައްހަ މައުލޫމާތު ހޯއްދަވާފައި ހުށަހަޅަން ޖެހޭ އިދާރާތަކަށް ހުށަހަޅަންވީ، ސަރުކާރުން އެކަމަށް މަރުހަބާ ކިޔާނެ“ މަބްރޫކް“

އިތުރަށް ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ސަރުކާރުން ދިވެހިން ރާއްޖެ ގެނައުމަށް ނިންމީ ވަރަށް މުހިންމު މަގްސަދެއްގައި ކަމަށެވެ. އަދި އެއީ އެއްވެސް ދިވެއްސަކު ދަތި ހާލުގައި ނުޖެއްސުމަށް ކަމަށެވެ. އެހެން ކަމުން، ވަކި ބަޔަކަށް އިސްކަންދީ، އެ ބަޔަކު ގެނައުމަށް މަސައްކަތް ކުރުމަށް މަސައްކަތް ކުރުމަކީ ނިޔަތެއް ނޫންކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

މަބްރޫކް ވިދާޅުވީ، އޭނާ ނޫސްވެރިންގެ ބައްދަލުވުމަށް އައުމުގެ ކުރިން އޭނާއަށް ވެސް އެ ލިސްޓު ފޮނުވާ ސުވާލުތަކެއް އަމާޒުކޮށްފައިވާ ކަމަށެވެ. އެއީ ލިސްޓުގައި ”މަބްރޫކް“ ނަން އެހެން ނަމެއްގެ ފަހަތަށް ހުރުމުން އޭނާގެ ދަރިފުޅެއް ހުރޭތޯ ސުވާލު އަމާޒުކޮށްފައިވާ ކަމަށެވެ. އެކަމަކު އެއީ އޭނާގެ ދަރިފުޅެއް ނޫން ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމުގައި އަމަލު ކުރާ އުސޫލާއި ބެހޭގޮތުން ތަކުރާރުކޮށް ވަނީ ސުވާލު ކުރެވިފައެވެ. އެހެން ނަމަވެސް، މިހާތަނަށް ސީދާ އެ އުސޫލަކީ ކޮބައިކަން ސާފެއް ނުވެއެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ، ޓިކެޓް ދިނުމުގައި އެންމެ އިންސާފުވެރި ގޮތަކީ ކޮބާކަން ބަލަމުންދާ ކަމަށެވެ. ބައެއް ޓިކެޓުތައް ފަސްޓް ކަމް ފަސްޓް ސާވްގެ ދަށުން ދޫކުރިއިރު، އޮންލައިންކޮށް ޓިކެޓުތައް އިޝޫ ނުވެގެން ފޯނު މެދުވެރިކޮށް ވެސް އެކަން ކުރިއެވެ. އޭރު މިނެޓަކު 2000 ކޯލު ލިބުނުކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: