ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު ރިސޯޓެއް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފި

ގްރޭންޑް ޕާކް ކޮށްދިއްޕަރު މޯލްޑިވްސް ރިސޯޓު. ފޮޓޯ:އެމިރޭޓްސް ހޮލިޑޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަހާއި ގުޅިގެން އިތުރު ރިސޯޓެއް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފިއެވެ.

އާދިއްތަ ދުވަހުގެރޭ އެޗްޕީއޭއިން ބުނީ، ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން،ގްރޭންޑް ޕާކް ކޮށްދިއްޕަރު މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވޭފަދަ ޢަލާމަތްތަކެއް ހުރި މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށެވެ.

އެ މީހާއަކީ ބިދޭސީއެއްކަމަށާއި، މިހާރުވަނީ އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެވިފައިކަމަށް އެޗްޕީއޭއިން ބުނެއެވެ.

https://twitter.com/HPA_MV/status/1249399794012950529?s=20

ގްރޭންޑް ޕާކް ކޮށްދިއްޕަރު މޯލްޑިވްސް ރިސޯޓުން ކޯވިޑް-19 އަށްޝައްކުކުރެވޭ މީހާ ފެނިފައިވާއިރު، ވޭތުވެދިޔަ ސައުވީސް ގަޑިއިރުތެރޭގައިވަނީ މި ވައިރަހަށް ދިވެއްސަކު ވެސް ޕޮޒިޓިވްވެފައެވެ. މި ދިވެހި މީހާ ހިމެނޭހެން، ވައިރަހަށް ޕޮޒިޓިވްވި ދިވެހީންގެ ޢަދަދު 5 އަށް އެރިކަމުގައިވިޔަސް، އޭގެތެރެއިން ދިވެއްސަކު މިހާރު ރަނގަޅުވެފައިވާކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: