ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެފްރިޖެރެންޓް ގޭސް ރާއްޖެ އެތެރެކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރެފްރިޖެރެންޓް ގޭސް ރާއްޖެ އެތެރެކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ހުޅުވާލައިފައިވާކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން އާދިއްތަ ދުވަހުގެރޭ ބުނީ، 18 މާރިޗުވާ ބުދަ ދުވަހުން ފެށިގެން، އެ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރެވިފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ރެފްރިޖިރެންޓް ގޭސް ރާއްޖެ އެތެރެކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ހުއްދަ ފޯމު ތައްޔާރުކުރުމަށްފަހު ގޫގުލް ފޯމުގައިވާ އީމެއިލް އެޑްރެހަށް މެއިލްކުރެވޭނެ ކަމަށާއި، މިނިސްޓްރީ އޮފް ޑިފެންސަށް އެ ފަރާތުގެ ހުއްދައަށް ވެސް މެއިލް ކުރެވޭނެކަމަށެވެ.

މިނިސްޓްރީން ބުނީ، ފައިނަލް ޕާރމިޓް މިނިސްޓްރީ އޮފް ޑިފެންސުން ވެސް އެ ފަރާތަކަށް މެއިލް ކުރަންވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: