ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިކެއަރ ހޮސްޕިޓަލަށް ރާއްޖޭގެ ފުރަތަމަ ގްލޮކޯމާ ސަބްސްޕެޝަލިސްޓް ޑޮރ. އަލްމާސް ގުޅިވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ފުޅާދާއިރާއެއްގައި ލޮލުގެ ފަރުވާގެ ހިދުމަތް ދެމުން އަންނަ އައިކެއަރ ހޮސްޕިޓަލަށް، ގްލޮކޯމާ ބައްޔަށް ހާއްސަ ފުރަތަމަ ދިވެހި ސަބްސްޕެޝަލިސްޓް ޑރ. އަލްމާސް އަދުނާން އިސްމާއިލް ގުޅިވަޑައިގެންފިއެވެ.

ޑރ. އަލްމާސް އައިކެއަރއާ ގުޅިވަޑައިގެންފައިވަނީ ކޮންސަލްޓަންޓް އޮފްތަލްމޮލޮޖިސްޓެއްގެ ގޮތުގައެވެ. ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ވިޜަން އައި ހޮސްޕިޓަލުން ގްލޮކޯމާގެ ރޮނގުން ފެލޯޝިޕް ފުރިހަމަކުރައްވާފައިވާ ޑރ. އަލްމާސް ވަނީ ”މިނިމަލީ އިންވޭސިވް ގްލޮކޯމާ ސާޖަރީ“ އަދި ފެކޯއެމަލްސިފިކޭޝަންގެ ދާއިރާއިން ކުރިއަރާފައިވާ ތަމްރީނުތައް ފުރިހަމަކުރައްވައި، އިންޓަނޭޝަނަލް ކައުންސިލް އޮފް އޮފްތަލްމޮލޮޖީ އިމްތިހާނުގެ ދެ ބައިވެސް ކާމިޔާބު ކުރައްވާފައިވާފައެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ލޮލުގެ ބަލިތަކާބެހޭ ކޮންފަރެންސްތަކުގައި މިހާރުވެސް އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވައެވެ. ޑރ. އަލްމާސް ބައްލަވާނީ އައިކެއަރ ހޮސްޕިޓަލުގެ ހުޅުމާލެ އެނެކްސްގައެވެ.

ގްލޮކޯމާއަކީ ދުނިޔޭގެ ނިސްބަތުންވެސް މީހުންގެ ފެނުން ދާއިމީކޮށް ގެއްލެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. ”ހިމޭން ދުޝްމަނު“ ގެ ގޮތުގައި މަޝްހޫރުވެފައިވާ މި ބައްޔަކީ، އެއްވެސް އަލާމާތެއް ނުފެނި މަޑުމަޑުން ފެނުން ދަށްވަމުން ގޮސް، ބޮޑުބައެއް ގެއްލޭއިރުވެސް ނޭނގި އޮވެދާނެ ބައްޔެކެވެ. އެހެންކަމުން ބަލި އަވަހަށް ދެނެގަނެ، އެކަށީގެންވާ ފަރުވާ ދިނުމަކީ ފެނުން ސަލާމަތްކުރުމަށް ކޮންމެހެން މުހިންމު ކަމެކެވެ.

ޑރ. އަލްމާސް އަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން އައިކެއަރ ހޮސްޕިޓަލުގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ 7201026 އަށް ވަޓްސްއަޕް ނުވަތަ ވައިބަރ މެދުވެރިކޮށް އެޕޮއިންޓްމަންޓް ބުކް ކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: