ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން މިނިވަން ދުވަހުގެ މުނާސަބަތުގައި ހިލޭ ޑޭޓާ އަދި އިތުރު އޮފަރތައް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ދިރާގުން ހާއްސަ އޮފަރތަކެއް ތައާރަފުކޮށްފިއެވެ.

މި އޮފަރގެ ދަށުން ދިރާގުގެ ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 6ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ. މި ޑޭޓާ ހޯދުމަށް ދިރާގު އެޕް ނުވަތަ #225* މެދުވެރިކޮށް، 26 ޖުލައި 2026 ގެ އިރުއޮއްސި 6:00 ގެ ކުރިން އެކްޓިވޭޓް ކުރެވޭނެއެވެ.  މިއީ މިނިވަން ދުވަހުގެ ޗުއްޓީގައި އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކޮށް، މުއާމަލާތް ކުރުމުގައި ލުއިފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ފަހިކޮށްދީފައިވާ ފުރުސަތެކެވެ.

މީގެ އިތުރުން، ގޭގެ އިންޓަރނެޓްގެ ހިދުމަތް އަޕްގްރޭޑް ކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ދިރާގުން ވަނީ ލިމިޓެއްނެތް ފައިބަރގެ ހާއްސަ އޮފަރއެެއްވެސް އިއުލާންކޮށްފައެވެ. މިގޮތުން 31 ޖުލައި 2026 ގެ ކުރިން ލިމިޓެއްނެތް ފައިބަރ ކަނެކްޝަނަކަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް، ރައުޓަރާއި ކަނެކްޝަން މުޅިން ހިލޭ ލިބޭނެއެވެ. މީގެ ސަބަބުން އިތުރު ހަރަދަކާ ނުލައި، ހަލުވި އަދި އިތުބާރު ހުރި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ކަސްޓަމަރުންނަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ހަމައެއާއެކު، މި އޮފަރގެ ދަށުން ލިމިޓެއްނެތް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެލައިޑް އިންޝުއަރެންސްގެ ”ހޯމް ކޮންޓެންޓްސް ތަކަފް“ މުޅިން ހިލޭ ލިބޭނެއެވެ. މި ސްކީމްގެ ދަށުން ގޭގައި ހުންނަ މުދަލުގެ 20 އަށްވުރެ ގިނަ ބާވަތަކަށް، އެއް އަހަރު ދުވަހުގެ މުއްދަތަށް 150,000 ރުފިޔާއާ ހަމައަށް އިންޝުއަރެންސް ކަވަރޭޖް ލިބިގެންދާނެއެވެ. އެހެންކަމުން، މި އޮފަރ މެދުވެރިކޮށް ހަލުވި އިންޓަނެޓާއެކު، ގޭގެ މުދަލަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކަރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެންދާނެއެވެ.

މި އޮފަރތަކާ ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ދިރާގުން މަސައްކަތް ކިުރަމުން ދަނީ ޒަމާނީ ޑިޖިޓަލް ހިދުމަތްތަކާއި އިތުބާރު ހުރި ކަނެކްޓިވިޓީ މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން މުއްސަނދިކޮށް، ކަސްޓަމަރުންނަށް ފައިދާހުރި އަދި އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: