ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަންކަން ރަމްޒުކޮށްދެނީ ދިވެހި ލޭ ހިނގާ ކޮންމެ ހިތެއްގެ ފަހުރާއި ޝަރަފު: ހީނާ

ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު . ފޮޓޯ: ސަރުކާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަންދުވަސް ރަމްޒުކޮށްދެނީ ދިވެހި ލޭ ހިނގާ ކޮންމެ ހިތެއްގެ ފަހުރާއި ޝަރަފުކަމަށާއި އަޅުވެތިކަމުގެ ހިތި ތަޖުރިބާ ކުރެއްވި ކާބަފައިންގެ ފުރާނައިން އަގުދީގެން ދަމަހައްޓަމުން އަންނަ މިނިވަންކަމުގެ ފޮނި ހިތި ހަނދާންތައް ކަށަވަރުކޮށްދެނީ ދިވެހި ފަސްގަނޑަކީވެސް އަމިއްލަ ދިފާއުގައި ތެދުވުމުގެ ހިތްވަރާއި ފަންވަރުހުރި ދަރިންތަކެއްގެ މަންމައެއްކަމުގައި ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހީނާ ވިދާޅުވީ، މިއަދަކީ ކާބަފައިންގެ އަގުހުރި މަސައްކަތުން ހިމާޔަތުގެ ކަސްތޮޅުތަކުން ވީއްލި ސިޔާސީ ގޮތުން ފުރިހަމަ މިނިވަން ދައުލަތެއްގެ ގޮތުގައި ދިވެހި ދިދަ ވިހުރާލި އުފާވެރި ދުވަސްކަމުގައެވެ.

އެގޮތުން، ތާރީހުގެ ތެރެއިން އިޔާދަވެގެން އައިސް މިއަދު 61 ވަނަފަހަރު މިނިވަން ދުވަސް އަޅުގަނޑުމެންނާއި ބައްދަލުކުރާއިރު މިއަދަކީ ހަމައެކަނި ކަލަންޑަރުގެ ތާރީޚެއް ނޫން ކަމަށާއި، އެއީ ގުރުބާނީގެ ދުވަހެއް ކަމަށް ހީނާ ވިދާޅުވިއެވެ. އަދި މިއަދަކީ ސާފު ހިތަކާއި، ތެދު ނިޔަތަކާއި، ގަދަ ހިންމަތާއި މިންނަތުން ހާސިލްކުރެވުނު މިނިވަންކަމުގެ ހަނދާންތަކާއިގެން އައި ދުވަހެއް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ރައްޔިތުންނަށް ހީނާ ވަނީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

”މިނިވަންދުވަސް ރަމްޒުކޮށްދެނީ ދިވެހި ލޭ ހިނގާ ކޮންމެ ހިތެއްގެ ފަހުރާއި ޝަރަފުކަމަށާއި އަޅުވެތިކަމުގެ ހިތި ތަޖުރިބާ ކުރެއްވި ކާބަފައިންގެ ފުރާނައިން އަގުދީގެން ދަމަހައްޓަމުން އަންނަ މިނިވަންކަމުގެ ފޮނި ހިތި ހަނދާންތައް ކަށަވަރުކޮށްދެނީ ދިވެހި ފަސްގަނޑަކީވެސް އަމިއްލަ ދިފާއުގައި ތެދުވުމުގެ ހިތްވަރާއި ފަންވަރުހުރި ދަރިންތަކެއްގެ މަންމައެއްކަން“ ވަޒީރު ހީނާ ވަލީދު

އަދި މިނިވަންކަން ދެމެހެއްޓުނު އަސްލާއި ސިއްރަކީ ޖީލުން ޖީލަށް އަމާނާތްތެރިކަމާއެކު ވާރުތަކުރި މިނިވަން ފިކުރު ކަމަށާއި، މިނިވަންކަން ދެމެހެއްޓޭނީ ދިވެހިވަންތަކަމާއި ސަޤާފަތް ނެގެހެއްޓިގެން ކަމަށް ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިވަންދުވަސް ރަމްޒުކޮށްދެނީ ދިވެހި ލޭ ހިނގާ ކޮންމެ ހިތެއްގެ ފަހުރާއި ޝަރަފުކަމަށާއި އަޅުވެތިކަމުގެ ހިތި ތަޖުރިބާ ކުރެއްވި ކާބަފައިންގެ ފުރާނައިން އަގުދީގެން ދަމަހައްޓަމުން އަންނަ މިނިވަންކަމުގެ ފޮނި ހިތި ހަނދާންތައް ކަށަވަރުކޮށްދެނީ ދިވެހި ފަސްގަނޑަކީވެސް އަމިއްލަ ދިފާއުގައި ތެދުވުމުގެ ހިތްވަރާއި ފަންވަރުހުރި ދަރިންތަކެއްގެ މަންމައެއްކަމުގައި ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ދިވެހިރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެ ޤައުމުގެ މުސްތަގުބަލް އަމިއްލައަށް ކަނޑައެޅުމުގެ ބާރުވެރިކަން ހޯދި ތާރީޙީ ދުވަސްކަމުގައި ހީނާ ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ، މިނިވަންދުވަސް ފާހަގަކުރަމުންދާއިރު ލިބޭ އެންމެ ބޮޑު އުފަލަކާއި ހިތްހަމަޖެހުމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ، މިނިވަންކަން ހިމާޔަތްކުރެއްވުމާއި ގައުމިއްޔަތު އާލާކޮށް ދެމެހެއްޓުމުގެ ވައުދަކާއެކު އިންތިޚާބުވެ ވަޑަގަތް ރައީސަކުކަމުގައިވުންކަމުގައެވެ.

”މިދުވަސް ފާހަގަކުރަމުންދާއިރު ލިބޭ އެންމެ ބޮޑު އުފަލަކީ، އަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ، މިނިވަންކަން ހިމާޔަތްކުރެއްވުމާއި ގައުމިއްޔަތު އާލާކޮށް ދެމެހެއްޓުމުގެ ވައުދަކާއެކު އިންތިޚާބުވެ ވަޑަގަތް ރައީސަކުކަމުގައި ވާކަން، މިއިން ކަށަވަރުކޮށްދެނީ، މި ގައުމުގެ މިނިވަންކަން ދެމެހެއްޓުމާއި އޭގެ ދާއިރާ ފުޅާކޮށް ކުރިއެރުވުމުގައި އެންމެ އިސްކަމެއް ދެނީ މި ސަރުކާރުންކަން.“ ވަޒީރު ހީނާ

ހީނާގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ، ޤައުމެއްގެ މިނިވަންކަމަކީ ހަމައެކަނި ދެފަރާތެއްގެ މެދުގައި ވެވޭ އެއްބަސްވުމެއް ނޫންކަމަށާއި އެހެންނަމަވެސް އެއީ އެބައެއްގެ ކިބައިގައި ހުންނަ ވަކި ހާއްސަ ސިފަތަކަކަށް ދުނިޔެ އިއުތިރާފުވުންކަމަށެވެ. އަދި ދިވެހިންނަކީ މުސްތަޤިއްލު ބައެއްގެ ގޮތުގައި ދުނިޔޭގެ ކުރިމައްޗަށް ނުކުންނައިރު، އެކަން ބަލައިގަންނަ ބަލައިގަތުމުގެ އެންމެ ވަރުގަދަ ހުއްޖަތަކީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި އަމިއްލަވަންތަކަން ކަމަށް ހީނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރިގެންދާއިރު ދިވެހި މިނިވަންކަމަކީ ހާސްއަހަރުން ގުނޭ ދިގު ތާރީހެއްއޮތް މިނިވަންކަމެއްކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ، މިނިވަންކަން ދެމެހެއްޓުނު އަސްލާއި ސިއްރަކީ ޖީލުން ޖީލަށް އަމާނާތްތެރިކަމާއެކު ވާރުތަކުރި މިނިވަން ފިކުރު ކަމަށެވެ. އަދި މާޒީގެ ހިތްދަތި ތަޖުރިބާތަކާއި މުސްތަގުބަލުގެ ހިރާސްތައް ޒުވާން ޖީލުތަކުގެ ސިކުނޑިއަށް ވާސިލްކޮށްދެވުމަކީ މިނިވަންކަން ދެމިއޮތުމުގެ ސަބަބު ކަމަށް ހީނާ ވިދާޅުވިއެވެ.

ދިވެހިންގެ މިނިވަންކަން ދިވެހިންގެ އަތުން ބީވެގެންދިޔަ ތާރީހީ ހާދިސާތަކަށް އަލިއަޅުވާލައްވައި ހީނާ ވިދާޅުވީ،  މިނިވަންކަމަށް ބުރޫއެރި ކޮންމެ ފަހަރަކު އޭގެ ފަހަތުގައި ދިވެހިންގެ ބަޔަކު ހިމެނޭކަން ތާރީހުން ކަށަވަރުވާކަމަށާއި އެހެންކަމުން ޤައުމުގައި މިނިވަން ފިކުރު އުފައްދައި މިނިވަންކަން ދެމެހެއްޓުމާއި ޤައުމީ މިނިވަންކަން ނެގެހެއްޓުމުގައި  އެންމެންގެ އެއްބާރުލުމާއި އެހީތެރިކަން އިންތިހާއަށް ބޭނުންވާކަމަށެވެ.

މަރްހޫމް އިބްރާހީމް ޝިހާބުގެ ބަސްފުޅަކަށް ރިއާޔަތްކުރައްވައި، ހީނާ ވިދާޅުވީ މިނިވަންކަން ދެމިއޮންނާނީ އެކުވެރިކަމާއި އެއްބާރުލުން ދަމަހައްޓައިގެން ކަމަށެވެ. އަދި ޤައުމުގެ ނަމުގައި ގޮވައިލެވޭ ހިނދު ލޯތްބާއެކު ސާފު ހިތަކުން އިޖާބަދިނުމަށާއި، ދެބަސްވާ ފިކުރުގެ ތެރެއިން ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބައިވަންތަވުމަށް ހީނާ އިލްތިމާސްކުރެއްވިއެވެ.  އަދި ދިވެހި ވަންތަކަމަކީ ހުރިހާ ރައްޔިތުން ގުޅުވައިދޭ ފާލަން ކަމުގައި ހީނާ ވިދާޅުވިއެވެ.

ވަޒީރު ހީނާ ވަލީދުގެ ވާހަކަފުޅު ނިންމަވާލެއްވީ ޤައުމިއްޔަތަށް އޭގެ ހައްގު މަގާމު ހޯދައިދިނުމަކީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމުގައި ޤަބޫލުކޮށްގެން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: