ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަހަތަށް ފިޔަވަޅެއް ނާޅާނަމަ، ކުރިއަށް އޮތް ތިން މަސްތެރޭ ހިންދެމިލެވޭނެ: އަލީ ވަހީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ފަހަތަށް ފިޔަވަޅެއް ނާޅައި، ރާއްޖެއިން މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރެވިއްޖެނަމަ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ދިވެހިންނަށް ހިންދެމިލުމަށް ފުރުސަތު ލިބިގެން ދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓާރު ވިދާޅުވީ ސަރުކާރުގެ އަމާޒު ހުރީ ކުރިއަށް އޮތް ތިން މަސް ތެރޭގައި ރާއްޖެ އަކީ ކޮވިޑް-19 ފްރީ ގައުމަކަށް ހަދަން ކަމަށެވެ. އަދި އެހިސާބަށް ދެވުމުން ސޭފް ޓުއަރިޒަމެއް ނުވަތަ ރައްކާތެރި ޓުއަރިޒަމެއް ރާއްޖޭގައި ފެށުމަށް ކުރަންޖެހޭ ދިރާސާތައް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ކުރިއަށް އޮތް ތިން މަސް ތެރޭގައި މި އޭސިޔާގެ ފުރަތަމަ ކޮވިޑް ފުރީ ގައުމަކަށް ދިވެހިރާއްޖެ ﷲ އިރާދަކުރެއްވިއްޔާ ވާނެ. އެހިސާބުން ދެން ސޭފް ޓުއަރިޒަމެއް ނުވަތަ ރައްކާތެރި ޓުއަރިޒަމެއް ރާއްޖޭގައި ފެށުމަށްޓަކައި ކުރަން ޖެހޭ ދިރާސާތައް މިހާރު މިދަނީ ކުރަމުން،“ މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސަރުކާރުން އެންމެ ފުރަތަމަ ކަށަވަރު ކުރާނީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަމަށެވެ. އަދި ތިބި ވިޔަފާރިވެރިންގެ ވިޔަފާރިތައް ފުނޑިގެން ނުދާނެ ފިޔަވަޅުތައް ވެސް ސަރުކާރުން އަޅަމުން، އެ ލުއިތައް ދެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހުރިހާ ކަމެއް ރަނގަޅަށް ގޮސްފި ނަމަ މިއަހަރުގެ ފަހު ކުއާޓާގައި ޓުއަރިސްޓުން ރާއްޖެ އަންނަން ފަށާނެ ކަމަށް އުންމީދު އެބަ އޮތް ކަމަށާއި މި އަހަރު އަމާޒު ހިފާފައިވަނީ ދެ މިލިއަން ޓުއަރިސްޓުން ގެނައުމަށްނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިން އައުން މުޅިން ހުއްޓިފައިވާ ކަމަށެވެ.

ދުނިޔޭގެ އެއްވެސް ގައުމެއްގެ އެއްވެސް ވެރިއަކަށް މިހާލަތުން އަރައިގަނެވޭނެ ދުވަހެއް ބުނެދޭނެ ނޭނގޭ ކަމަށާއި،  މި ބައްޔަށް ވެކްސިނެއް ފެންނަންދެން ދުނިޔެ އޮންނާނީ ހާސްކަމެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޔޫރަޕާއި އަވައްޓެރި ބައެއް ގައުމުތަކުގެ ހާލަތާއި އަޅާ ބަލާއިރު ރާއްޖޭގެ ހާލަތު ރަނގަޅުވުމުގެ ސިއްރަކީ އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަވުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: