އަނެއްކާވެސް ގިނަ ޢަދަދެއްގެ ކާބޯތަކެތި ރާއްޖެ ގެނެސްފިއެވެ.
މޯލްޑިވްސް ޕޯޓު ލިމިޓެޑް (އެމްޕީއެލް) އިން، މިއަދު ބުނީ، ”ދަޢުލަތް 1“ ކިޔާ ކާގޯ ބޯޓަކުން މިއަދު ގިނަ ޢަދަދެއްގެ ކާބޯތަކެތި ރާއްޖެ ގެނެސްފައިވާކަމަށެވެ.
މި ގޮތުން މިއަދު ގެނައި ތަކެތީގެތެރޭގައި، 2450 ކޭސް ބިހާއި، 760 ބަސްތާ އަލުތްވާއި، 540 ބަސްތާ ކެބެޖާއި، 240 ކެޔޮގަނޑާއި، 360 ކޭސް ޓޮމާޓޯއާއި، 440 ބަސްތާ ކަރަލާއި، 160 ބަސްތާ ބަރަބޮލުގެ އިތުރުން 2740 ބަސްތާ ފިޔާ ހިމެނޭކަމަށް އެމްޕީއެލްއިން ހާމަކޮށްފައިވެއެވެ.
https://twitter.com/Portmv/status/1249620210367127555?s=20
އެމްޕީއެލްއިން މިއަދު މިކަން ހާމަކޮށްފައިވާއިރު، މި މަހުގެ 10 ވަނަދުވަހާއި، 11 ވަނަ ދުވަހުގައި ވެސްވަނީ ގިނަ ޢަދަދެއްގެ ކާބޯތަކެތި ރާއްޖެ ގެނެސްފައިވާކަމަށް، އެ ކުންފުނިންވަނީ ބުނެފައެވެ.

