ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީރާ އަށް މާޗުމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ ޢާމްދަނީއަށްވުރެ، ލިބުނު ޢާމްދަނީ ދަށްވެއްޖެ

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ). ފޮޓޯ: އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މާޗުމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ ޢާމްދަނީއަށްވުރެ، ލިބުނު ޢާމްދަނީ %20.3 އަށް ދަށްވެއްޖެއެވެ.

މީރާއިން މިއަދު ޢާންމުކޮށްފައިވާ، ތަފާސް ހިސާބުތައް ބުނާގޮތުން، މާޗުމަހު، އެ އޮތޯރިޓީއަށް 49.2 މިލިއަން ޑޮލަރު ހިމެނޭގޮތަށް ޖުމްލަ 11.1 ބިލިއަން ރުފިޔާވަނީ ބަލައިގަނެފައެވެ.

މި އަދަދަކީ، 2019 އަހަރުގެ މާޗުމަހުގައި ލިބުނު ޢާމްދަނީއަށްވުރެ %26.9 ދަށް ޢަދަދެކެވެ.

މީރާއިން ބުނީ، މި ޢަދަދަކީ، މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި ޢަދަދަށްވުރެ %20.3 ދަށް ޢަދަދެއްކަމަށެވެ.

މި ހުސްވި މަހު އެ އޮތޯރިޓީއަށް ޖީއެސްޓީގެ ގޮތުގައި %57.3 ނުވަތަ 637.67 މިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ.

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުން ލިބޭ ކުލިން %12 ނުވަތަ 131.64 މިލިއަން ރުފިޔާ މީރާއަށް ބަލައިގަނެފައިވެއެވެ.

ބީ.ޕީޓީގެ ގޮތުގައި %7 ނުވަތަ 81.38 މިލިއަން ރުފިޔާ ބަލައިގެންފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި %7 ނުވަތަ 74.04 މިލިއަން ރުފިޔާ އެ އޮތޯރިޓީއަށްވަނީ ބަލައިގެންފައެވެ.

މީގެ އިތުރުން، އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެގޮތުގައި %5 ނުވަތަ 59.17 މިލިއަން ރުފިޔާ ބަލައިގެންފައިވާއިރު، އެހެނިހެން ޓެކުހާއި ފީގެގޮތުގައި %12 ނުވަތަ 128.68 މިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް ވެސް މީރާއިން ހާމަކޮށްފައިވެއެވެ.

މި މުއްދަތުގައި މީރާއަށް ލިބިފައިވާ ޢާމްދަނީގެ ޢަދަދު ދަށްވެފައިވަނީ، ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައިވުމުގެ ސަބަބުން، މި މުއްދަތުގެތެރޭގައި އައިސްފައިވާ ޓެކުހުގެ ސުންގަޑިތަށް ލަސްވުމާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ޢަދަދު %11.1 ދަށްވެފައިވާތީކަމަށް މީރާއިން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: