ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައިޒީންއަކީ، އަހަރެންގެ އަނބިމީހާތަ، ނޫނީ އޭނަގެ އަނބިމީހާތަ!

ޝެއާރކޮށްލާ ކަހަލަދޯ؟

އިރުއޮއްސި ރަތްވިލާތައް އުދަރެހުގައި ފަވާލައިފިއެވެ. މުޅި އުޑުވަނީ އެކިއެކި ކުލަތަކުން ޖަރީކޮށްފައެވެ. ސިނަމާލޭ ބުރިޖުމަތިން ސައިކަލުގައި ދުއްވާފައި އެހެރަ ދާ ވިޝާލްއޭތޯއެވެ. އެއީވާ ކުޅަދާނަ ޒުވާނެކެވެ. ހީވާގި މަސައްކަތްތެރިއެކެވެ. މިއަދު ވެސް ހެނދުނު އޮފީހަށްއައި ގޮތަށް، އަދިކިރިޔާ ގެއަށްދެވޭވަރު އެވީއެވެ.

ފުރަތަމަ މަންޒަރު:

މެދުމިނެއްގެ ދުވެލީގައި ސައިކަލު ދުއްވަމުން، ވައިގެތެރެއަށް ބުރަކަމުގެ އިޙްސާސްތައް ދޫކުރަމުން ގޮސް އެ މަޑުކޮށްލީ އޭނާ ދިރިއުޅޭ ގެއަށެވެ. އަވަސްއަރުވާލައިފައި ދިޔަ ގޮތަށް ގެއަށްވަނެވެ. ލަސްކުރަންވީ ސަބަބެއް ވެސް ނެތެވެ. އެހެނީ، ވިޝާލް އެހުރީ އޭނާގެ ލޯބިލޯބި ފުށްގަނޑެއްފަދަ ދޮންދޮން ކައިޒީންގެ ފަރިފަރި މޫނު ދެކިލާހިތުން ކެތްމަދުވެފައެވެ. ކައިޒީންގެ އާޝިޤީ ބެލުންތަކަށްޓަކައި ކެތްމަދުވެފައެވެ. ކައިޒީންގެ ޖާޒުބީ ކޯތާފަތުން އެ އަރާ ހިތްގައިމު ކުލަ ދެކިލަން ހިތަށް އޮބިނޯވެފައެވެ. ކައިޒީންގެ ލޫޅާފަތި ހަށިގަނޑާއި، ރަންކުލައިން ޒީނަތްކޮށްފައިވާ އިސްތަށިގަނޑު ވިހުރިލާގޮތް ނުބަލައި ނުހުރެވޭވަރުވެފައެވެ. އާއެކެވެ. ހިސާބަށްވުރެ ބޮޑަށް އިޝްޤުގައި ޖެހުނީމާ ވަނީ، މި ކަހަލަ ގޮތްނޭނގޭ ބާވަތުގެ ގޮތްތަކެކެވެ. އަނބިމީހާއެއްކަމަކު އެހާ ބޮޑަށް ލޯބިވެއްޖިއްޔާ، އެ މީހެއްގެ ނަޒަރުގައި އެއީ ފަޒާގެތެރެއިން ބިމަށް ފައިބާހުރި ޕަރީއަކަށް ވެސް ވެދެއެވެ. ނުވަތަ ބިމުގެ ކޮންމެވެސް ހިސާބަކުން ކުއްލިއަކަށް ފާޅުވި ފަންމިންޏަކަށް ވެސް ވެދެއެވެ.

ވިޝާލް: ކައި ބޭބީ! ކޮންތާކުތަ ތި އުޅެނީ؟ ވިޝާލް މި އައީއޭ.

ކައިޒީން: ސާބަސް ލަވް! ފާޚާނައިގައޭ މި އުޅެނީ. ލަވް އަންނަންވާއިރަށް ފްރެޝްވެލަންވެގެން.

ވިޝާލް: ލޯބިކަން! ހަމަ ތެދެއްތަ؟ އެހެންވިއްޔާ އަވަހަށް ނިކުމޭ. ވިޝާލްއަކަށް ކެތްވާވަރެއްނޫން. ބަނޑުހައި ވެސްވެފަ މިހުރީ.

ކައިޒީން: ޔެސް ލަވް. މި ނިކުންނަނީ.

އިސާހިތަކު ފަރި ހިނގުމެއްގައި ބަނޑިބަނޑިލައްވަމުން އައިސް އެނދުކައިރީގައި ކައިޒީން ހުއްޓުނެވެ. އޭރު ވިޝާލްއޮތީ ވެފައިހުރި ވަރުބަލިކަމެއްގެ ސަބަބުން އެނދުގައި އޮށޯވެލައިގެންނެވެ. ސްޓާކީނަކާ ސްޓާކީނެކެވެ. ޓައީއަކާ ޓައީއެކެވެ. ގަމީހަކާ ގަމީހެކެވެ. ފަޓުލޫނާއި ފަޓުލޫނެކެވެ.

ވިޝާލް: އޯވް! ހާދަ ރީއްޗޭ! ވަރަށް ހިތްގައިމު. ތީ ކޮންއިރަކު ހޯދި އެއްޗެއް؟

ކައިޒީންގެ ފައިގެ ބޮޑުވައި އިނގިލިން ފެށިގެން، ފަލަމަސްގަނޑު ހުރަސްކޮށްގޮސް އުނަގަނޑާއި ހިސާބަށް ނަޒަރު ހިންގައިލަމުން ބުންޏެވެ. އޭރު ކައިޒީން ހުރީ އެންދަމަން ގެންގުޅޭ ދަލެއްކަހަލަ، ބައިވަރު ލޯވަޅުތަކެއް އަޅައިފައި ހުރި އެއްޗެއް ލައިގެންނެވެ.

ކައިޒީން: ލޯބި ދޯ! މީ ލަންކާގައި އުޅެފައައި ކައިގެ ފްރެންޑެއް ގެނެސްދިން އެއްޗެއް.

ވިޝާލް: އޯކޭއޭ. ކޮންމެ މީހަކު ގެނަޔަސް އޯކޭއޭ. ތި ލައިގެން ތިހުރީ ވިޝާލްގެ ކައިއެއްނުން. އެހެން މީހަކަށް ނުފެންނާނެތާ. ދެން އާދޭ އޮށޯވެލަން.

ގަޑިއެއްހައިއިރު ފަހެވެ. ހަށިގަނޑުން ހިއްލި ދަލުން ފެންވަރައިގެންހުރި ވިޝާލް އެހެރަދަނީ ފެންވަރަން ފާޚާނާއަށެވެ.

ދެވަނަ މަންޒަރު:

ދުވަސްތައް ފާއިތުވެގެން ގޮސް، އައި ދުވަހެކެވެ. ވިޝާލް އިނީ އޮފީހުގައި އޭނާ އިންނަ ގޮނޑީގައި އިށީނދެލައިގެންނެވެ. ބައެއްފަހަރު ގޮނޑި ހިސާބަކަށް އަނބުރާލައެވެ. އެއާއެކު އޭނާގެ ސިކުނޑި ވެސް އެނބުރެމުން ސެނބުރެމުންދެއެވެ. ޚިޔާލުތައްވަނީ، ހުޅުމާލެއާއި ހިސާބުގައެވެ. ފިކުރުތައް ގޮސް އޭނާގެ ގެއާއި ހިސާބަށް ގޮސް ދޮރުން ވަންކަހަލައެވެ. ވިސްނުންގޮސް އެ ހުއްޓުނީ ކައިޒީންގެ ކުރިމައްޗަށެވެ. ”ކައި މިހާރު ހާދަ ތަފާތޭ! އޮފީހަށް އައިސް ކިތަންމެ އިރެއްވިޔަސް ވީ ކީއްތޯ، އުޅެނީ ކިހިނެއްތޯ، ހުރީ ކައިގެންތޯ ބޮއިގެންތޯ ވެސް ބަލާނުލާ! އެ ހެޔޮ އިރު އޮއްސި އަނދިރި ވިޔަސް، ޚަބަރެއްދަބަރެއް ވެސް ބަލައިނުލާނެ. ގުޅަންޏާ ޖެހޭނީ އަހަރެން ގުޅަން. ދެން ފަހަރެއްގަ މެސެޖެއްކޮށްލާފާނެ މިސްޔޫ ލަވް އޭ ކިޔާފަ. ހާދަ ދުރުވެއްޖޭ މިހާރު. އަޅެފަހެ މަވެސް މަސައްކަތްކުރަންޖެހޭނެތާ! މަސައްކަތްނުކޮށް ކިހިނެއް އޭނަކައިރީ އަބަދު އޮންނާނީ! ލާރި ވެސް މި ލިބެނީ ހާދަ ބުރަ މަސައްކަތެއްކޮށްގެންނޭ. އެކަމު މަހުގެ މެދަށް ނުދާނެ، އަހަރެންގެ އަތުގަ 25 ލާރި ވެސްނޯވޭ. އޭނަޔަށް އެއްޗެހިގަނެދީ ގަނެދީ. ބޭރަށް ނިކުތަސް، ލަވް އެހެރަ ފިހާރައިން މޭކަޕްސެޓެއް، މިހިރަ ފިހާރައިން ހެދުމެއް، ދެން ހުރި ފިހާރައިން ފައިވާނެއް، އެޔާ ޖެހިގެން ހުރި ފިހާރައިން ބޫޓެއް، ދެންހުރި ފިހާރައިން ފޯނެއް އަޖާއިބުވާވަރުވޭ. ކީއްކުރާނީ ހަމަ ވާ ލޯބީގެ ބޮޑުކަމުން ހޯދައިދެވެނީ. އެވަރުން ވެސް މަ ކޮބައިތޯ ބަލާނުލާ! އާހް!“

އެހެންބުނިތަނާ ވިޝާލްއަށް މެސެޖެއްއައެވެ. އޭނާގެ ލޯބިލޯބި އަނބިމީހާ ކައިގެ މެސެޖެކެވެ. މެސެޖުގައި އޮތީ ”މިސްޔޫ ލަވް. އިރުއޮއްސޭއިރަށް ވަރަށް މީރު އެއްޗެއް ހަދަންކަމަށް މިއުޅެނީ. ލަވް އަށް އާދެވޭނީ އެހާއިރުގައެއްނުން. “ ހަމައެކަނި މިހެންނެވެ.

އޭރު މެންދުރުން އިރު އަނބުރާ އެކެއް ޖެހީއެވެ. ވިޝާލް ހިތަށް އެރިއެވެ. ”ކައި އެހާ މިސްވަންޏާ މިއަދު ދެން ދާނީ ގެއަށް.“ މިހެން ހިތައި އޮފީހުން ނިކުމެ ސައިކަލަށް އަރައި އެހެންޏާ ދުއްވާވަރަށްވުރެ ބާރަށް ސައިކަލު ދުއްވަން ފަށައިފިއެވެ. ސައިކަލު ދުއްވަމުންދިޔައިރު ވިޝާލުގެ ވިންދުވަނީ އަވަސްވެފައެވެ.

ކުޑައިރުކޮޅެއްގެތެރޭގައި ވިޝާލްއަށް ގެއަށް ދެވިއްޖެއެވެ. ކައިއަށް ސަޕްރައިޒެއްދިނުމުގެ ގޮތުން ވިޝާލްދިޔައީ ވަރަށް ސިއްރުސިއްރުންނެވެ. އެހެންޏާ ވިޝާލް މި ގަޑީގައި އޮފީހުން ގެއަށްއައިސްދާނެކަމަކަށް ކައިއަކަށް ވެސް ނޭނގޭނެތާއެވެ. ގިނަ ދުވަސްދުވަހު ވިޝާލް އަންނަނީ އިރުއޮއްސި އަނދިރިވާފަހުން ވިއްޔާއެވެ. ވިޝާލް މަޑުމަޑުން ގޮސް ގޭ ދޮރު ހުޅުވާލައިފައި އެތެރެއަށް ވަދެއްޖެއެވެ. ގޭތެރެއިން އަޑެއްބަޑެއް ވެސް ނީވެއެވެ. ވިޝާލް ކޮޓަރީކައިރިއަށް ގޮސް ހުއްޓުން އެރިއެވެ. އެ އިވުނު އަޑަކުން ވިޝާލްގެ ހިތް ފަޅައިގެންދިޔަ ކަހަލައެވެ. އެ އިވެނީ އޭނާގެ ލޯބިލޯބި ކައިގެ އަޑެވެ.

ކައި: ޝިޔާމް. ލޯބީ! ތީ މިހާރު ކައިގެ ހުރިހައި ވެސް މީހަކީ، ކައި ވަރަށް އުފާވޭ ޝިޔާމް ކޮންމެ ދުވަހަކު އަންނާތީ. ތީ މިހާރު ކައިގެ ހުރިހައި ވެސް އުންމީދަކީ، ހުރިހައި ވެސް އެއްޗަކީ، މެރީ ނުކުރިޔަސް، ތީ ކައިގެ ލޯބިލޯބި ހަޒްބަންޑް.

ކައިގެ މި ވާހަކަތައް އިވި ވިިޝާާލްްގެެ ހިތް ފަޅައިގެންގޮސް ކުދިކުދިވެގެން ސިޓިންރޫމުގެ ފަރާތްފަރާތަށް ބުރުއްސައިލި ކަހަލައެވެ. ވީ ދެރައާއި، އައިސްފަހުރި ރުޅީގެ ސަބަބުން، ކޮޓަރީގެ ތަޅުދަނޑި ޖީބުން ނެގުމަށްފަހު ދޮރު ހުޅުވައިލިއެވެ. ހަމައެއާއެކު ދުނިޔެއަށް އުފަންވިއިރު ފާޅުވިގޮތަށް އެނދުގައި އޮށޯވެގެންތިބި، އޭނާގެ މަކަރުވެރި އަނބިމީހާއާއި ޝިޔާމު ފުންމައިގެން ތެދުވިއެވެ.

ވިޝާލް: ހުރި މަކަރުވެރިކަން ބަލާބަލަ. ތީ ދޯ މިސްވެއޭ ކިޔާފައި ކޮންމެ ދުވަހަކު ގަންނަ ސަކަރާތަކީ. އަދި ބުންޏެއްނުން އިރުއޮއްސޭއިރަށް ވަރަށް މީރު އެއްޗެއް ހަދާނަމޭ. އަހަރެންނަށް ރަނގަޅީ ތި ކަހަލަ މީރު އެއްޗެހި ނުހެދިއްޔާ.“

ހަމައެއާއެކު ޝިޔާމުއާއި ދިމާއަށް ކަޅިއެއްލަމުން ވިޝާލް ބުންޏެވެ.

ވިޝާލް: ކަލޭ ލަދެއް ނުގަނޭތަ މީސްމީހުންގެ އަނބިން ކައިރިއަށް ވަންނާކަށް. ހަމަ މިހާރު ކަލޭގެ ލޯބިވެރިޔާއޭ ކިޔާ މިހިރަ ފެންނަ އަންހެނާ ގޮވައިގެން މި ގެއިން ނިކުމެގެންދޭ.

ވިޝާލް އެ ވާހަކަތައް ދެއްކިއިރު، އެއިން އެކަކަށް އެކައްޗެކޭ ވެސް ބުނަން ނުކެރުނު ތަނުގައި އިސްއުފުލައިލަން ވެސް ނުކެރިފައި ތިއްބެވެ.

ވިޝާލް: އޭ މިހިރަ ފެންނަ ނުބައި އަންހެނާ. ތީ އަހަރެންގެ އަނބިމީހާތަ! ނޫނީ އޭނަގެ އަނބިމީހާތަ! މިހާރު އޮޅިއްޖެ. އަދި ބުނަން، އަހަރެންގެ ބަސްފޮތުގައި މީގެ ކުރިން ”ވަރި“ އޭ މި ކިޔާ ލަފުޒެއް ނޯންނާނެ. އެކަމު މިހާރު އަހަރެންގެ ބަސްފޮތަށް އެ ނަންވެސް އިތުރުކޮށްފިން. ތިހުރީ ވަރިކޮށްފަ. މި ގެއިން ނިކުމެގެންދޭ.

 

ނޯޓު: ކަލުންނޭވެ! ދެމަފިރިންނަށް ވަގުތު ހޭދަ ނުކުރެވުމުގެ ސަބަބުން މިފަދަ މައްސަލަތައް ވަރަށް ގިނައިން ދިމާވެއެވެ. އަދި ބުނަން ހެއްޔެވެ. ނަންހުސްކޮށް އެއްޗެހި ގަނެދިނުމަކީ ވެސް އަނބިމީހާ ވަކި އެ މީހެއްދެކެ ލޯބިވާނޭކަމެއް ނޫނެވެ.

ކަނބަލުންނޭވެ! ދިރިއުޅުމުގެ ކަންތައްތައް ހުންނަ ގޮތުން ފިރިމީހާއަށް އަބަދު ކައިރީގައި ނުހުރެވިދާނެއެވެ. އެހެނެއްކަމަކު ތިޔަ ކަނބަލުންނަށް އޮތީ ފިރިމީހާ ކައިރީގައިނެތަސް އިޚުލާސްތެރިވުމެވެ. ތެދުވެރިވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: