ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައިރަހާއި ދެކޮޅަށް ކުރާ މަސައްކަތުގައި ކޮރަޕްޝަން އެކުލެވޭ ކަމުގެ އަޑުތައް، އޭސީސީ މައްސަލައިގެ ތެރެއަށް!

އޭސީސީގެ މެމްބަރުން ވަކިކުރުމަށް މިއަދު ވަނީ ނިންމާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑާއި ގުޅޭގޮތުން ދައުލަތުގެ އެކި އިދާރާތަކުން ކުރަމުންދާ ކަންކަމުގައި ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ކަަމަށް ކުރެވެމުންދާ ތުހުމަތުތަކާއި ގުޅިގެން އެކަންކަން ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފިއެވެ.

ސިއްހީ ގޮތުން ދިމާވެފައިވާ މި ބޮޑު ކާރިސާގެ ތެރެއިން ކޮަރަޕްޝަންގެ އަމަލުތަކެއް ހިންގާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެގޮތުން، އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ވެންޓިލޭޓަރު ގެނައުމާއި ގުޅޭގޮތުންނެވެ.

ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އޭސީސީން ބަޔާނެއް ނެރެ ބުނެފައިވަނީ ބައްޔާއި ދެކޮޅަށް ދައުލަތުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ސަބަބުތަކާއިހުރެ، ރައްޔިތުންގެ އެކި ކަންބޮޑުވުންތައް ހުރިކަން އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. ކޮރޯނާ ވައިރަހުގެ މި ބަލި މަޑުކަމުން އަރައިގަތުމަށްޓަކާ ދައުލަތުގެ އެކި އިދާރާތަކުން ކުރަމުންދާ ކަންކަމުގައި، ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން އެ ކޮމިޝަނުން އެ އިދާރާތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ބަޔާނުގައި ވެއެވެ. އަދި ސޯޝަލް މީޑިއާ އެ ނޫންވެސް ވަސީލަތްތަކުގައި ދައުރުވަމުންދާ ޝަކުވާތަކަށް އޭސީސީގެ އަމިއްލަ އިސްނެގުމުގެ ދަށުން އެކަންކަން ބަލަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

އޭސީސީން ބުނެފައިވަނީ އިދާރާތަކުން އެ ހާލަތުގައި ކޮރަޕްޝަނަށް އޮތް ހިރާސްތައް ކުޑަކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކުން އަމަލުކުރަން ޖެހޭ ގޮތާ މެދު އިރުޝާދު ދިނުމަށްޓަކައި ބޭނުންވާ މައުލޫމާތު ހޯދައި ދިރާސާކުރުމުގެ މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. އާންމު ސިއްހަތާއި ފުރާނަ ސަލާމަތްކޮށް ރައްކާތެރިކުރުމުގެ ދަނޑިވަޅުގައިވެސް ނަޒާހާތްތެރިކަމާއި ޖަވާބުދާރީވުމުގެ އުސޫލުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ހިފަހައްޓައި ނެގެހެއްޓުމަކީ އެކަމުގައި ޝާމިލުވެ އުޅޭ ފަރާތްތަކުންގެ ޒިންމާއެއްގެ ގޮތުގައި ފާހަގަކޮށް އޭސީސީން ބުނެފައިވަނީ މި ހާލަތުގައި ދައުލަތުގެ މާލިއްޔާއިން ހޭދަކުރުމާއި ނިންމުންތައް ނިންމުމުގައި ނަޒާހާތްތެރިކަން ދެމެހެއްޓުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން ކުރެވޭ އެއްވެސް މަސައްކަތެއްގައި އޮޅުވާލުމެއް ނުވަތަ ކޮރަޕްޝަންގެ އަަމަލެއް އެކުލެވޭކަން އެނގޭ ފަރާތެއް ނަމަ އެކަން ހުށަހެޅުމަށް އޭސީސީން ވަނީ އެދިފައެވެ. އަދި މިނިވަން މުވައްސަސާއެއްގެ ހައިސިއްޔަތުން، ކޮމިޝަނާއި ހަވާލު ކުރެވިފައިވާ ޒިންމާ އެއްވެސް ޖެހިލުމެއް ނެތި ކުރިޔަށް ގެންދާނެކަން އޭސީސީން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: