ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ކަނޑުގެ ސަރަހައްދު ދޫކުރީ ވަރަށް ފިނޑި ގޮތެއްގައި، ވަރަށް ނޭއްގާނި ގޮތަކަށް: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަޙައްދުން ބައެއް ގެއްލިގެންދިޔަ މައްސަލައިގައި އިންސާފު ހޯދުމަށްޓަކައި، ”ސަރަޙައްދުތަކާބެހޭ އޮފީހެއް“ ގާއިމުކޮށް އެތަނުގެ މަސައްކަތްތައް ރަސްމީކޮށް ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ކޮންމެ ގައުމަކަށްމެ އެ ގައުމެއްގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމުގެ ހައްގު އެއްވަރަކަށް އޮންނަންޖެހޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ގައުމެއްގެ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މައިގަނޑު އަސާސަކީ އެ ގައުމެއްގެ ސަރަހައްދީ ފުރިހަމަކަން ނުވަތަ ޓެރިޓޯރިއަލް އިންޓެގްރިޓީ ކަށަވަރުވެފައި އޮތުންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައިގައި ކުރީ ސަރުކާރަށް ވަރަށް ފާޑުކިއުން އަމާޒުކުރައްވައި ރައީސް ވިދާޅުވީ، އެމްޑީޕީން ރާއްޖޭގެ ކަނޑުން ބޮޑުބައެއް ސިއްރުސިއްރުން ދޫކޮށްލާފައިވަނީ ”ވަރަށް ފިނޑި ގޮތެއްގައި، ވަރަށް ނޭއްގާނި ގޮތެއްގައި“ ކަމަށެވެ. އަދި އެއީ ޣައިރު ގާނޫނީ، ބޭއިންސާފު އަމަލެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

މިދިޔަ އެމްޑީޕީ ސަރުކާރުން ޣައިރު ޤާނޫނީގޮތުގައި، ވަރަށް ފިނޑި ގޮތެއްގައި، ވަރަށް ނޭއްގާނި ގޮތެއްގައި، އަޅުގަނޑުމެންގެ ކަނޑުން ބޮޑުބައެއް ސިއްރުސިއްރުން ދޫކޮށްލި. ވަރަށް ބޭއިންޞާފުވެރި ގޮތެއްގައި. އެކަން ބަދަލުކޮށް، އެ ކަނޑުގެ ބައި އަނބުރާ ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާފައި މިވަނީ. އެއީ، ޤާނޫނީ ހަމަތަކުން ބަލާއިރުގައި، އަޅުގަނޑުމެންގެ ސަރަޙައްދު. އެހެންވީމާ، އެ ސަރަޙައްދު ދޫކޮށްލުމުގައި އެ ހިނގައިދިޔަ ކަންތަކުން އިންޞާފު ލިބިގަތުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތައް އެބަ ކުރަން.

މީގެ އިތުރުން ފޯޅަވަހި ނުވަތަ ޗާގޯސްގެ މައްސަލައަށް ރައީސް ވިދާޅުވީ، ތާރީހީ ގޮތުން ބަލާއިރު ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއްކަން 9 ވަނަ ޙަސަން ރަސްގެފާނުގެ ލިޔުންތަކުން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށެވެ. އެހެންކަމުން، އެ ސަރަހައްދު އެހެން ބަޔަކާ ހަވާލުކުރާނަމަ، އެތަނުގެ ހަގީގީ ވެރިންނާ ހަވާލުކުރަންޖެހޭނެކަމަށް ދިވެހި ރައްޔިތުން ގަބޫލުކުރާ ކަމަށާއި، އެކަމުގައި ގައުމީ ރޫޙޭއްގައި މަޝްވަރާތައް ކުރަމުންދާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރުމުގެ ގޮތުން، ރާއްޖޭގައި ތިބި އިންޑިއާގެ މިލިޓްރީ ސިފައިން، އިންޑިއާ ސަރުކާރުގެ އެއްބާރުލުމާއެކު އަނބުރާ ފޮނުވާލެވިފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ޤާނޫނުއަސާސީއަށް އިސްލާހު ގެނެސް، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ އަޣްލަބިއްޔަތުންކަމަށް މިހާރު ކަނޑައަޅާފައިވާނެކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މިފަދަ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދަނީ ކުރީގައި ހިނގާފައިވާ ފަދަ ”ފިނޑި“ އަދި ”ނޭއްގާނި“ އަމަލުތަކުން ގައުމު ސަލާމަތްކޮށް، ދިވެހިންގެ ރާއްޖޭގައި ދިވެހިންނަށް ހަގީގީ މިނިވަންކަން ކަށަވަރުކޮށްދިނުމަށްޓަކައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: