ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި

މަސްވެރިކަމުގެ ދާއިރާ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުއޮތްގިރި ފިޝަރީޒް ކޮމްޕްލެކްސްއިން އައިސް ވިއްކުމުގެ ހިދުމަތް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ރަސްމީކޮށް ފަށައިފިއެވެ.

މިފްކޯއިން ހާމަކުރި ގޮތުގައި، ކަނޑުއޮތްގިރީގައި އަލަށް ބިނާކުރި މި ޕްލާންޓަކީ ދުވާލަކު 25 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ހުރި ތަނެކެވެ. މިފްކޯއިން ބުނި ގޮތުގައި މިއީ މި ސަރަހައްދުގައި ހަރަކާތްތެރިވާ ކަނޑު މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

މީގެ އިތުރުން، ކަނޑުއޮތްގިރީގައި ކުރިއަށްގެންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، މި މަހުގެ ތެރޭގައި އެ ރަށުގައި ވަނީ ހިކިމަސް އުފައްދާ ހާއްސަ ކާރުހާނާއެއް ވެސް ވަނީ ހުޅުވާފައެވެ. ދުވާލަކު 3 ޓަނުގެ މަސް ޕްރޮސެސް ކުރެވޭ މި ކާރުޚާނާގައި، ރޯމަސް ކެއްކުމާއި، ދިލަޖެއްސުމާއި އަދި ބަންދުކުރުމުގެ ހުރިހާ މަސައްކަތެއް އެންމެ ޒަމާނީ މިންގަނޑުތަކަށް ކުރިއަށްދާނެކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ކަނޑުއޮތްގިރީގެ ވަސީލަތްތައް އިތުރަށް ތަރައްގީކޮށް، މަސްވެރިންނަށް ބޭނުންވާ ހިދުމަތްތައް މިހާރަށްވުރެ ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: