ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޔަކު ގަބޫލު ނުކުރިޔަސް ހަގީގަތް ވާނީ ހަގީގަތަށް، ފައިސާ ޗާޕުކޮށްފައި ނުވާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިގްތިސާދު މިނިވަންކޮށް، ދަރަނިތައް ދައްކަމުންދަނީ ފައިސާ ޗާޕުކުރުމަކާ ނުލައިކަމަށާއި، ބަޔަކު ގަބޫލު ކުރުމަށް ބޭނުން ނުވި ނަމަވެސް ހަގީގަތަކީ އެއީކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރަކީ ހުސް ވާހަކަ ދެއްކުމުގެ ބަދަލުގައި އަމަލީ ނަތީޖާއިން ކަންކަން ސާބިތުކޮށްދޭނެ ސަރުކާރެއް ކަމަށެވެ.

ރައީސް ވިދާޅުވީ، އިގްތިސާދީ ގޮތުން ގައުމު މިނިވަންކުރުމަށްޓަކައި ކުރަމުންދާ ކޮންމެ މަސައްކަތަކީވެސް ވަރަށް ބޮޑަށް ރޭވިގެން ކުރެވޭ ކަންކަން ކަމަށެވެ. އަދި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މިއަދާ ހަމަޔަށް އައިއިރުވެސް އެއްވެސް މިންވަރަކަށް ފައިސާ ޗާޕުކޮށްފައި ނުވާނެކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އިގްތިސާދު އޮތް ބޮޑު އަނދަވަޅުން ސަލާމަތްކޮށް، ގައުމު ކޮޅަށް ޖެހުމަކީ ބޮޑު ގޮންޖެހުމެއް ނަމަވެސް، އެ މަސައްކަތް މިހާރު ވެސް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އަދި ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް، ހަގީގަތަކީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް މި ސަރުކާރުން ދައްކަމުންދަނީ އެއްވެސް ވަރަކަށް ފައިސާ ޗާޕުނުކޮށް ކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އިގްތިސާދު ފުޅާކުރުމާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނީ ދެމެހެއްޓެނިވި އުސޫލެއްގެ މަތިންނެވެ.

މި ސަރުކާރަކީ ނަތީޖާއިން ވާހަކަ ދައްކާ ސަރުކާރެކޭ. އިރާދަކުރެއްވިއްޔާ އެގޮތުގައި އަޅުގަނޑުމެން ކުރިއަށް މިދަނީ. ޤައުމުގައި ހުރި މި އިގްތިސާދީ މައްސަލަތައް ހައްލު ކުރުމުގައިވެސް. އަޅުގަނޑު ވައުދުވީގޮތަށް ފައިސާ ޗާޕުނުކޮށް. މިއަދާ ހަމަޔަށް އައިއިރު އަދިވެސް ފައިސާ ޗާޕެއްނުކުރަން. ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް، ހަގީގަތް ވާނީ ހަގީގަތަށް. އެހެންވީމާ، ފައިސާ ޗާޕުކުރުމަކާ ނުލައި، އެހެން މީހުން ނަގާފައި ހުރި ދަރަނިތައް ދައްކަމުން، އިގްތިސާދު ފުޅާކުރަމުން، އިގްތިސާދު ތަރައްގީ ކުރަމުން، ވެއްޓިފައި އޮތް އަނދަވަޅުން ނަގައި އިގްތިސާދު މިނިވަންކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށްގެންދާނީ ބާރު ސްޕީޑްގައި.

ރައީސް ވިދާޅުވި ގޮތުގައި ބޭރު ފައިސާގެ ދަތިކަމާއި އިގްތިސާދީ އެހެނިހެން މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން މިހާރު ވަނީ ހާއްސަ ޕްލޭންތަކެއް އެކުލަވާލާފައެވެ. އަދި ވިދާޅުވީ މިހާރުން މިހާރަށް އެޅޭނެ ފިޔަވަޅުތަކުގެ އިތުރުން ކުރު ރާސްތާއާއި ދިގު ރާސްތާގެ ފިޔަވަޅުތައް މިހާރު ވަނީ މަޝްވަރާކޮށް ނިމިފައި ކަމަށެވެ. މި ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ކަމާބެހޭ މާހިރުންގެ ލަފަޔާއި އިރުޝާދު ހޯއްދަވާނެކަމަށާއި، ހާއްސަކޮށް ރާއްޖޭގެ އިގްތިސާދުގެ މައިނާރުކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނާ މަޝްވަރާކޮށް، އެފަރާތްތަކުގެ ހިޔާލު މިކަމުގައި ހިމަނުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަކީ އިގްތިސާދީ ގޮތުން ފުދުންތެރި، މިނިވަން ގައުމަކަށް ވުމަކީ ހަމައެކަނި ރާއްޖެއަށް އޮތް ފައިދާއެއް ނޫން ކަމަށެވެ. އެއީ މި މުޅި ސަރަހައްދުގެ ސުލްހަމަސަލަސްކަމާއި ހަމަޖެހުމަށްޓަކައިވެސް ކޮންމެހެން ވާންޖެހޭނެ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖެއަކީ ތަރައްގީޤީއާއި ތަމައްދުންގެ ރޭހުގައި ކުރިއަރާފައިވާ، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފަހުރުވެރި މިނިވަން ގައުމަކަށް ހެދުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: