ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރީތި ނަމެއް ދިނަސް، މުވައްޒަފުން ވަކިކުރަނީ އިންތިހާބުން ބަލިވުމުން ދޭ އަދަބެއްގެ ގޮތުގައި: ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒިޔާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާ ދިއުމަކީ އިންތިހާބުން ބަލިވުމުން ރައްޔިތުންނަށް ދެމުންދާ އަދަބެއްކަމަށާއި، މިހާރު ”ބުޅާ އޮތީ ގޯނިން ބޭރުވެފައި“ ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހަސަން ޒިޔާދު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ކުންފުނިތަކުގެ ހަރަދުތައް ހަރުދަނާކުރުމުގެ ގޮތުން މުވައްޒަފުންގެ އަދަދު މަދުކުރަން އަންގާފައެވެ. އަދި އޭގެ ފަހުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ވަނީ މި މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް ކުންފުނިތަކަށް ސާކިއުލާއެއް ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހަށް މި މައްސަލައިގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ޒިޔާދު ވިދާޅުވީ ކުންފުނިތަކުގައި މުވައްޒަފުން އިތުރުވެފައިވާކަން ގަބޫލުކުރި ނަމަވެސް، މިއަދު ފެންނަނީ އިންތިހާބުން ބަލިވުމުގެ އަދަބެއްގެ ގޮތުގައި މުވައްޒަފުން ވަކިކުރާ މަންޒަރު ކަމަށެވެ. ސަރުކާރުން ”ރައިޓް ސައިޒް“ ކުރުމުގެ ނަމުގައި މިކަން ކުރި ނަމަވެސް، މިއީ ހަގީގަތުގައި ރައްޔިތުންނަށް ދޭ ތަކުލީފެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޒިޔާދު ވިދާޅުވީ، މި ނިންމުންތަކުގެ ސަބަބުން އެތައް ހާސް ދިވެހި ރައްޔިތުންގެ ވަޒީފާ ގެއްލެމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ދަށަށް ދާކަމަށް ބުނުމުން ސަރުކާރުން އެކަން ދޮގުކުރަން އުޅުނަސް، އޭގެ ނަތީޖާއަކީ ހަމަ އެކައްޗެއްކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ބޭނުންވާ ގޮތަށް ވާހަކަދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަތްފައި ”ބަނދެފައި“ ތިބި ކަމަށާއި، މިފަދަ ނުރަނގަޅު ކަންކަން ކުރަނީ ނޭނގި ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ޒިޔާދު އިތުރަށް ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ހުރި ގޮތުން މި ބުރަ އުފުލަން ޖެހިފައިވަނީ އާންމު ރައްޔިތުންނަށް ކަމަށެވެ.

އޮތީ ބުޅާ ގޯނިން ބޭރުވެފަ. ދެން މި ފޮރުވަން ކުރާނެ މާ ބައިވަރު ކަމެއް ނެތް. ވަޒީފާއިން ވަކިކުރަންޏާ މިހާރުވެސް ހާލަތު އޮތް ގޮތުގައި. އަޅުގަނޑު ވެސް ގަބޫލުކުރަން ކުންފުނިތަކަށް އެކަށީގެންނުވާވަރަށް ވަޒީފާގެ މީހުން ތިބި ކަމަށް. އެ ހަގީގަތެއް. އެހެންނަމަވެސް، އިންތިހާބަކުން ބަލިވެ، އޭގެ އަދަބެއްގެ ގޮތުގައި މިކަން އަދި ކޮންމެ ކަމެއްގައި ވެސް، މި ޒާތުގެ ކޮންމެ ކަމެއްގައި ސަރުކާރުން ދެން ކޮންމެވެސް ރީތި ނަމެއް މި ކިޔަނީ. މިއަދު މުވައްޒަފުންތަކެއް ގަނޑުކޮށް ވަކިކުރަންވީމަ މި ކިޔަނީ ރައިޓް ސައިޒް ކުރަނީ.

މީގެ އިތުރުން، ފާއިތުވި ފަސް އަހަރުގެ ޕޭރޯލްއާއި މިހާރުގެ ޕޭރޯލް އަޅާކިޔާއިރު، މިއަދު މުވައްޒަފުން ވަކިކުރަމުން ދަނީ އެއްވެސް ހަމައެއް ލަމެއް ނެތިކަމަށް ޒިޔާދު ތުހުމަތު ކުރެއްވިއެވެ.

މިފަދަ އަމަލުތަކަކީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުންކަމަށް ޒިޔާދު ވަނީ ވިދާޅުވެފަ އެވެ. އަދި ސަރުކާރުން ކުންފުނިތައް ހަރުދަނާކުރުމުގެ ނަމުގައި ކުރާ މި މަސައްކަތަކީ ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއްގެ ގޮތުގައި ތުހުމަތުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: