ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި މަހު މަސްވެރިންނަށް 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މި ހިނގާ ޖުލައި މަހުގެ ތެރޭގައި މަސްވެރިން ކިރުވި މަހަށް 30 މިލިއަނަށްވުރެ ގިނަ ރުފިޔާ މިފްކޯއިން ދޫކޮށްފިއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ވަނީ މި ފައިސާ ހަވާލުކޮށްފައެވެ.

މި މަހު ދޫކުރި ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކަޅުބިލަމަސް ކިރުވި ދޯނިފަހަރަށް ދޫކުރި ފައިސާއެވެ. އެގޮތުން ކަޅުބިލަމަސް ކިރުވި ދޯނިފަހަރަށް 29.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ސަރުކާރުން މިހާރު ވަނީ މަސްވެރިން މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި އެ މަހަށްވާ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ. މިއީ މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.

މީގެ އިތުރުން، މަސްވެރިކަމުގެ ސިނާއަތަށް ލުއިތަކެއް ދިނުމުގެ ގޮތުން މިފްކޯއިން މަސް ގަންނަ އަގު ވަނީ 20 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ހެޔޮކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުންފުނިން މިހާރު ބޮޑުކަންނެލި ގަންނަމުންދަނީ ކިލޯއަކަށް 25 ރުފިޔާގެ ރޭޓުންނެވެ. މި ބަދަލުތަކާއެކު މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، މަސްވެރިކަމުގެ ނަފާ އިތުރުވާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: