ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއުޒިކް ޝޯ ސަރުކާރުން ނުހުއްޓުވަން، އެދުނީ އެހެން ތަނެއްގައި ބާއްވަން: މިނިސްޓްރީ

ސްޕޯޓް މިނިސްޓަރ އަބްްދުﷲ ރާފިޢު
ޝެއާރކޮށްލާ ކަހަލަދޯ؟

އޮސްޓްރޭލިއާގެ މަޝްހޫރު ބޭންޑެއް ކަމަށްވާ ’ބިޔޯން އަގެއިން‘ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއުޒިކް ޝޯ ސަރުކާރުން ހުއްޓުވާފައި ނުވާ ކަމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ބުނެފިއެވެ.

މިނިސްޓްރީން މިކަން ހާމަކުރީ މި ޝޯ ކެންސަލް ކުރަން ސަރުކާރުން އަންގާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ ފަރާތުން އެދިފައިވަނީ ސޯޝަލް ސެންޓަރުގެ ބަދަލުގައި އެހެން ތަނެއްގައި އެ ޝޯ ބޭއްވުމަށެވެ. ސޯޝަލް ސެންޓަރުގައި ޝޯ ބޭއްވުމަށް މިނިސްޓްރީން އިއުތިރާޒު ކުރީ، އެތަނުގެ އިންޑޯ ހޯލާއި ފުރާޅުގެ މަރާމާތުތަކެއް ކުރަން ހުރުމުގެ ސަބަބުން ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ޝޯ ބޭއްވުމަށް އެހެން ތަނެއް ހަމަޖެއްސުމުގައި އެހީތެރިވެދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓްރީން ވަނީ ޝޯ އިންތިޒާމުކުރާ ފަރާތަށް ދީފަ އެވެ. މިނިސްޓްރީގެ މަގްސަދަކީ ޝޯ ހުއްޓުވުން ނޫން ކަމަށާއި، އެކަން ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މާހައުލެއް ހޯދައިދިނުން ކަމަށްވެސް ބުނެފައިވެއެވެ.

މި ޝޯ ކެންސަލް ކުރަން އެންގި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މިކަމާ ގުޅިގެން ޚިޔާލު ފާޅުކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ”މިއުޒިކް މަނާކޮށްގެން ނުވާނެ“ ކަމަށެވެ.

މި މިއުޒިކް ޝޯއަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ހަރަކާތަކަށްވާއިރު، މިނިސްޓްރީގެ މި ނިންމުމާއެކު ޝޯ ދެން ބާއްވާނެ ތަނެއްގެ މަޝްވަރާތައް މިހާރު ދަނީ ކުރެވެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: