މިހާރު މުޅި ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ބަންދުކޮށްފައިވާ ރާއްޖޭގެ ބޯޑަރު ހުޅުވާލެވޭނެ ކަމަށް ލަފާކުރެވެނީ ޖޫން މަސް ނިމުމުން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރުތަކާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީޙުގެ އިގްތިސާދީ ކޮމެޓީއަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުޚޮޅުން ފެށިގެން ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ ކަމަށެވެ.
އެގޮތުން ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖެއަށް ބޭރިފައިސާ ލިބޭ ހުރިހައި ދޮރެއް ބަންދުވެފައިވާ ކަމަށާއި ރާއްޖެއަށް ފަތުތުރުވެރިން އައުން ވެސް ހުއްޓިފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ރާއްޖެއަސް އައި ފަތުރުވެރިންގެ ނިސްބަތާ އަޅާބަލާއިރު މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 11 އިން ސައްތަ ދަށްވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މާޗް މަހުގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންނަށް ބަލާއިރު ރާއްޖޭގެ ފަތުރިވެރިކަމުގެ ދާއިރ 60 އިން ސައްތަ ދަށަށް ގޮސްފައިވާ ކަމަށާއި އަދި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ ތިންލައްކަ އަށްޑިހަ ދެހާސް ފަތުރުވެރިން ކަމަށާއި އަދި މިއަހަރުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވެނީ އަށްލައްކަ ސާޅީސް ފަސްހާސް ފަތުރުވެރިން ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންވަރު ވެސް ވަަރށް ބޮޑަށް ދަށްވެގެންދާނެ ކަމަށާއި އެގޮތުން 11 އިން ސައްތަ ދަށްވެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ އިންޕޯޓް އެކްސްޕޯޓަށް ވަމުންދާ ގެއްލުންތަކުގެ ސަބަބުން ރާއްޖެއަށް ބޭެުފައިސާ ލިބުން ވެސް ވަރަށް ބޮޑުތަނުން ދަށްވެފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ބޭރިފައިސާ ލިބެނީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށްވާއިރު ރާއްޖޭގެ ފަތުރުވެރިަމުގެ ދާއިރާ މިވަގުތު ހުއްޓިފައި އޮތުމުން މިއަހަރު އަންދާޒާކުރި ވަަރށް ރާއްޖެއަށް ބޭރުފައިސާ ނުލިބޭނެ ކަމަށެވެ. އަދި އިންޕޯޓް އެކްސްޕޯޓް ހުއްޓިފައި އޮތުމާއިއެކު ބޭރުފައިސާ ހަރަދުކުރާ މިންވަރު ވެސް ދަށްވާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ހަމައެހެންމެ ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ވެސް ބޮޑެތި ގެއްލުންތަކެއް ވާނެކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ތަކެތި އެތެރެކުރުމަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާގެ ގިނަ މަސައްކަތްތަކެއް ހުއްޓިގެންދާނެ ކަމަށެވެ.

