ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭން ކޮރޯނާ ޖެހިފައިވާ ދިވެއްސަކު ފެނިއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއިން ފުރަތަމަ ފަހަރަށް ދިވެއްސަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް  ވަނީ ކޯވިޑް19 އަށް ޕޮސިޓިވްވެފައި ކަމަށެވެ. އަދި މިއީ މާލޭން ތެރެއިން ފެނުނު ފުރަތަމަ ޕޮޒިޓިވްވި މީހާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއީ ދިވެހިންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވި 6 ވަނަ މީހާއެވެ. މީގެ ކުރިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އެންމެންނަކީ ވެސް ބޭރު ގައުމުތަކުން އައި މީހުންނެވެ.

މިހާތަނަށް ރާއްޖޭން ހަ ދިވެއްސަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މިއީ މީހުން ދިރިއުޅޭ ސަރަހައްދަކުން އެ ވައިރަހަށް މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. ރާއްޖޭގައި ކޮރޯނާ ވައިރަސް މުޖުތަމައުގެ ތެރެއަށް ފެތުރިއްޖެ ނަމަ، އެންމެ ގޯސް ހާލަތެއްގައި 98،000 މީހުންނަށް ބަލިޖެހޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލި ދިރާސާއަކުންވަނީ ދައްކާފައެވެ.

މި ސާވޭއާއި ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސާ އަދި އެޕިޑޮމިލޮޖިސްޓް ޑރ. ނަޒްލާ ވިދާޅުވީ ރައްކާތެރިވުމަށް ރާއްޖެއަށް އެކަށީގެންވާ ފިޔަވަޅުތައް ނޭޅިއްޖެ ހާލަތެއްގައި 98،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށެވެ. އެއީ މާލޭ ސަރަހައްދުން އެކަނިވެސް 46،000 މީހުން ހިމެނޭ ގޮތަށެވެ. އަދި އަތޮޅުތަކުން 51،000 މީހުންނަށް ބަލީގެ އަސަރު ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގައި ބަލި ފެތުރިދާނެ ނިސްބަތް ލަފާކޮށްފައިވަނީ، ދިވެހިންނާއި ބިދޭސީން އަދި ފަތުރުވެރިން ހިމެނޭ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: