ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަހުގެ ކަންކަމަށް ހަރަދު ކުރުމަށް 280 މިލިޔަން ރުފިޔާގެ ބަޖެޓެއް ދީފި

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ކުރަމުންދާ މަސައްކަތަށް އެޕްރީލް މަހުގެ ދެ ވަނަ ދުވަހާއި ހަމައަށް  280 މިލިޔަން ރުފިޔާގެ ބަޖެޓެއް ދީފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. 

ކޮރޯނާ ވައިރަހާއި ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ އަސަރުތަކާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީޙުގެ އިގްތިސާދީ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ކޮވިޑް19އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސިއްހީ ދާއިރާއަށާއި ޑީޒާސްޓާ މެނޭޖްމެންޓަށް ކުރަމުންދާ ހަރަދު އިތުރުވެގެންދާނެ ކަމަށާއި އެހެން ކަމުން ސިއްހީ ދާއިރާގެ ބަޖެޓް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

އެގޮތުން އެޕްރީލް މަހުގެ ދެ ވަނަ ދުވަހާއި ހަމައަށް280،5 މިލިޔަން ރުފިޔާ ދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އެ ފައިސާ ދީފައި ވަނީ ހެލެތް މިނިސްޓްރީއަށާއި، ޑިޒާސްޓާސްޓާ މެނޭޖްމެންޓަށާއި، އެމްއެންޑީއެފްޢާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން މޯލްޑިވްސް އިމިގުރޭޝަންއަށެވެ. މީގެއިތުރުން މިނިސްޓަރ ވިދާޅުވީ280 މިލިޔަން ރުފިޔާގެ ތެރެއިން230 މިލިޔަން ރުފިޔާ ދީފައި ވަނީ ސީދާ ހެލްތް މިނިސްޓްރީއަށް ކަމަށެވެ. 

މީގެއިތުރުން މިނިސްޓަރ އަމީރު ވިދާޅުވީ ކޮވިޑާއި ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު އެއް ބިލިޔަން ރުފިޔާ ސަލާމަތްވެފައިވާ ކަމަށާއި އަދި ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓުން ވެސް800 މިލިޔަނަށްވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ އިތުރަށް ވިދާޅުވީ މިއަހަރު ދައުލަތަށް30 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް ކުރިން އަންދާޒާ ކުރި ނަމަވެސް މިހާރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ51 ބިލިޔަން ރުފިޔާ ކަމަށެވެ. އަދި ދައުލަތުގެ ދަރަނި ވެސް މައްޗަށް ދާނެ ކަމަށާއި އެގޮތުން މިއަހަރުގެ ނިމޭއިރު މިހާރު ދައުލަތުގެ ދަރަނި ހުންނާނެ ކަމަށް ބެލެވެނީ67 ބިލިޔަން ރުފިޔާގައި ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: