ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ މޫނުފުޅު މަތީން ފެނުނީ ނުތަނަވަސްކަން: ގައުމާއި މުހާތަބު ކުރައްވަމުން ކީރިތި ކުރައްވައިފި

ޓްރެވެލް ހިސްޓްރީއެއް ނެތި މާލެއިން ކޮރޯނާ ވައިރަހުގެ ކޭސްއެއް ފެނުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްގެ ކޭސްއެއް އެއްވެސް، ޓްރެވެލް ހިސްޓްރީއެއް ނެތި މާލެއިން ކޭސްއެއް ފެނުމާއި ގުޅިގެން މިއަދު ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކީރިތި ކުރައްވައިފި އެވެ.

ރައީސް ސޯލިހު، ގައުމާ މުހާތަބު ކުރައްވައި ބަޔާން ދެއްވި ވަގުތު އެންމެ ބޮޑަށް އިލްތިމާސް ކުރެއްވީ އެކަކު އަނެކަކަށް އިހުސާންތެރި ވުމަށެވެ. އަދި އެ އިލްތިމާސް ކުރައްމުން ދިޔައިރު ރައީސް ވަނީ ރާއްޖެއަށް ދިމާވެފައިވަނީ ދަތި އުނދަގޫ ވަގުތުތަކެއްކަން ފާހަގަކުރައްވާފައެވެ. ރައީސްގެ ވާހަކަތައް ކުރިޔަށް ގެންދިޔައިރު ރައީސްގެ އަޑު ހުއްޓި، ވަނީ ކީރިތި ކުރައްވާފަ އެވެ.

”މިކަމާ ގުޅިގެން ޢާންމު ދިރިއުޅުމުގެ ކަންކަމުގައި ދަތިތަކާ ކުރިމަތިވާނެކަން އަޅުގަނޑަށް އެނގޭ. އެހެން ނަމަވެސް މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށް އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް.“ ރައީސް ސޯލިހް

ރައީސް ސޯލިހް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، މިހާލަތުން އަރައިގަތުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ހުރިހާ ރައްޔިތުން ވެސް ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ. އޭގެ އިތުރުން އިސްލާމް ދީނުގެ މަތިވެރި އުސޫލުގެ ތެރެއިން އެކަކު އަނެކަކަށް އެހީތެރިވާތުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ، ކާބޯތަކެއްޗާއި ޒަރޫރީ އެހެން ބޭނުންތަކަށް ބޭނުންވާ ސާމާނު އެކަށިގެންވާ ވަރަށް އެބަހުރި ކަމަށެވެ. އަދި އެ ކަންކަމުގެ ތަފްސީލްތައް އިދާރާތަކުން ހާމަކުރަމުން ގެންދާނެ ކަން ފާހަގަކުރެއްވިއެވެ.

”ހުރިހާ ރައްޔިތުންނަށްވެސް ޔަޤީންކަން މި އަރުވަނީ ސަރުކާރުގެ އެންމެ މުހިއްމު އަމާޒަކީ ދިވެހި ރައްޔިތުންނަށް ސިއްޙީ ރައްކާތެރިކަން ފޯރުކޮށްދިނުންކަން. އެގޮތުން މި ބަލި ފެތުރޭ މިންވަރު ވީހާވެސް ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރަމުން ގެންދާނަން“ ރައީސް ސޯލިހް

ކީރިތި ކުރައްމުން ދެއްކެވި ވާހަކައިން އެންމެ ބޮޑު ހުއްޓުމެއް ރައީސް ސޯލިހްއަށް އައި ބަލިން ރައްކާތެރިވުމަށް އެއްވެސް ވެކްސިނެއް ނެތްކަން ފާހަގަކުރައްމުން ނެވެ. އަދި ރައްޔިތުންނަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ، ބޭރުތެރެއަށް އެއްވެސް ގޮތަކަށް ނުނިކުމެ، ގޭގައި މަޑުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެ މުހިއްމު އަމާޒަކީ، ދިވެހި ރައްޔިތުންނަށް ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށާއި ބަލި ފެތުރޭ މިންވަރު ވީހާވެސް ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް ރައީސް މިއަދު ވަނީ ދެއްވައިިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: