ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންގުންތަކާއި ހިލާފުވާ މީހުން، ޖޫރިމަނާކޮށް 14 ދުވަހަށް ކަރަންޓީން ކުރުމަށް ފަހެއް ނުޖެހޭނަން: ފުލުހުން

އެންގުންތަކާއި ހިލާފުވާ މީހުން، ޖޫރިމަނާކޮށް 14 ދުވަހަށް ކަރަންޓީން ކުރުމަށް ފަހެއް ނުޖެހޭނެކަމަށް ފުލުހުން ބުނުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްގެ ލޯކަލް ކޭސްއެއް ރާއްޖެއިން ފުރަތަމަ ފަހަރަށް ފެނި، ބަލީގެ ނުރައްކާ ރާއްޖޭގައި ވެސް ބޮޑުވުމާއި ގުޅިގެން ކުރިޔަށް އޮތް 24 ގަޑިއިރަށް އިއުލާނުކޮށްފައިވާ ހަރުކަށި ފިޔަވަޅުތަކާއި އަދި ލޮކްޑައުން އާއި ހިލާފުވާ މީހަކު ޖޫރިމަނާ ކުރުމުގެ އިތުރުން ކަރަންޓީން ކުރުމަށް ވެސް ފަސް ނުޖެހޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

މާލެ ސަރަހައްދަށް އިއްވާފައިވާ ކާފިއު އާއި ގުޅިގެން ކުރިޔަށް އޮތް 24 ގަޑިއިރު ބޭރަށް ނިކުމެ އުޅުން މަނާވާނެއެވެ. ފިޔަވަޅުތަކާއި ގުޅޭގޮތުންނާއި، އަދި އެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރާނެ މަސައްކަތްތަކާއި ގުޅޭގޮތުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ކުރިން އިއުލާނު ކުރި ކާފިއުގައި ހަމައެކަނި ދިނީ ނަސޭހަތް ކަމަށެވެ. ނަމަވެސް، މިފަހަރު ލޮކްޑައުން އާއި އެއްވެސް މީހަކު ހިލާފުވެއްޖެނަމަ އެ މީހަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ނަވީން ވިދާޅުވީ މި އެންގުންތަކާއި ހިލާފު ވަމުންދާ މީހަކު ޖޫރިމަނާ ކުރުމުގެ އިތުރުން، 14 ދުވަހަށް ކަރަންޓީން ފެސިލީޓަށް ގެންދިއުމަށް ވެސް ފަހެއް ނުޖެހޭނެ ކަމަށެވެ. ޒަރޫރީ އެއްވެސް ބޭނުމެއްގައި މަގުމައްޗަށް ނިކުންނަން ޖެހިއްޖެނަމަ، ދުރާލައި ގުޅޭނެ ނަމްބަރެއް ފުލުހުން ފަހުން އާއްމު ކުރާނެއެވެ. އަދި ގެއަށް ބޭނުންވާ އެކި ޒަރޫރީ ތަކެތި ޑެލިވަރީކޮށްދޭ ފަރާތްތަކަށްވެސް ހާއްސަ އިންތިޒާމެއް ހަމަޖެހިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ކާފިއު ގަޑިތަކުގައި ހާއްސަ ހުއްދައެއް ދެވިފައިވާ ފަރާތްތަކަށް، މިރޭ 12 އާއި ހަމައަށް ކާބޯތަކެއްޗައި އެހެނިގެން ތަކެތި ޑެލިވެރީ ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ނަވީން ވިދާޅުވީ، ޔުނީފޯމުގައި އެކިއެކި ދައުލަތުގެ މުއައްސަސާތަކުގައި ވަޒީފާއަދާ ކުރާ ފަރާތްތައް ޑިޔުޓީއަށް ދިޔުމަށް އެ މުއައްސަސާތަކާ ވާހަކަ ދެއްކުމަށްފަހު ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާނެ ކަމަށެވެ. ނަމަވެސް، އެއްވެސް އޮފީހެއްގެ މުވައްޒަފަކަށް އެ އޮފީހެއްގެ މުވައްޒަފެއްކަން އަންގައިދޭ ކާޑު ބޭނުމެއް ނުކުރެވޭނެއެވެ. ހަމައެކަނި ބޭރަށް ނިކުމެ އުޅެވޭނީ އެންއޯސީގެ ހާއްސަ ހުއްދައިގެ ފާސް އޮތް ފަރާތަކަށެވެ. އަދި އެ ފާސް ގެންގުޅޭއިރު ވެސް މުވައްޒަފެއްކަން އަންގައިދޭ ފޮޓޯ ޖެހި ކާޑު ގެންގުޅެން ޖެހޭނެއެވެ.

 

”މިހާރު މިއީ ކުރާ ޓެސްޓެއް ނޫން. ކޮންމެ ތަނަކުން ވެސް ވިސްނަން ޖެހޭނެ މިހާރު މަދު މުވައްޒަފުންނާ އެކު މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން. ބައެއް ތަންތަނުން ކުރީ ފަހަރު ވެސް މަދު މުވައްޒަފުން ބޭނުންކޮށްގެން މަސައްކަތް ކުރި. އެކަމަށް ޖެހޭނީ އެޖެސްޓްވާން“ ނަވީން

ފުލުހުން ވަނީ، މާލެ އައުމަށް ދަތުރު ފަށާފައިވާ އޮޑިދޯނި ފަހަރުތައް ހުއްދައަށް އެދެން ޖެހޭނެ ކަން ފާހަގަކޮށްފައެވެ. އަދި ދަތުރުމަތީ ވާ ދޯންޏެއް ނަމަ އެ ހުއްދަ ދެމުން ގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ.

އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހަކު ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާއާ ޑައިރެކްޓް ކޮންޓެކްޓެއްވި މީހުން ދެނެގަތުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދިވެހި އަންހެނެކެވެ. އޭނާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފަ އެވެ. އޭނާ ދިރިއުޅޭ ގޭގެ ސަރަހައްދު ވެސް ވަނީ ބަންދުކޮށްފަ އެވެ.

އެޗްޕީއޭއިން ނެރުނު އިއުލާނުގައި ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި މަގު މައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން މަނާވާނެ ކަމަށެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓް ވެސް ހުއްޓާލަން ވަނީ އަންގާފަ އެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފައިވާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: