ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ 21 ވަނަ އަހަރާއި ގުޅިގެން ކުޑަކުދިންނަށް އިންޓަނެޓް ބޭނުންކުރާގޮތް ބެލެހެއްޓޭނެ އެއަރފައިބަރ ޗައިލްޑްސޭފް ތައާރަފުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫގެ 21 ވަނަ އަހަރާއި ގުޅިގެން ކުޑަކުދިންނަށް އިންޓަނެޓް ބޭނުންކުރާގޮތް ބެލެހެއްޓޭނެ އެއަރފައިބަރ ޗައިލްޑްސޭފް އެ ކުންފުނިން ތައާރަފްކޮށްފިއެވެ.

ދިވެހިން މުއާމަލާތްކުރުމާއި، މަސައްކަތްކުރުމާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެމުންދާ އޫރީދޫ މޯލްޑިވްސްގެ 21 ވަނަ އަހަރީ ދުވަސް 2026 އޯގަސްޓު 1 ގައި ފާހަގަކުރުމަށް އުރީދޫއިން ވަނީ ނިމާފައެވެ. 2005 ވަނަ އަހަރު ޚިދުމަތް ދޭން ފެށީއްސުރެ، އޫރީދޫއިން އަންނަނީ އީޖާދީ ވަސީލަތްތަކާއި ޑިޖިޓަލް ޚިދުމަތްތައް ތައާރަފުކޮށް، ދިވެހިރާއްޖެ ޑިޖިޓަލް ގޮތުން ގުޅުވާލެވިފައިވާ ގައުމަކަށް ހެދުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ރާއްޖޭގެ ފުރަތަމަ 3ޖީ، 4ޖީ އަދި 5ޖީ ނެޓްވޯކް ތައާރަފުކުރުމުން ފެށިގެން، ދުނިޔޭގެ ފެންވަރުގެ ސަބްމެރިން ކޭބަލް ސިސްޓަމްތަކާއި، ޑިޖިޓަލް މާލީ ޚިދުމަތްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކަސްޓަމަރުންނަށް ދޭ މުއާމަލާތްތައް ފުރިހަމަކުރުމުގެ އިތުރުން ބައިނަލްއަގުވާމީ ޑިޖިޓަލް ޕާޓްނަޝިޕްތަކަށް އިންވެސްޓްކުރުމާ ހަމައަށް، އޫރީދޫއިން ދެމިއޮތީ ގައުމުގެ ޑިޖިޓަލް ކުރިއެރުމުގެ އިސް ސަފުގައެވެ.

މިއަދު އޫރީދޫގެ ދައުރު ހަމައެކަނި ގުޅުން ބަދަހިކޮށްދިނުމަށްވުރެ މާ ފުޅަލެވެ. ”ޑިޖިޓަލް މޯލްޑިވްސް“ ތަސައްވުރުގެ ދަށުން، އެ ކުންފުނިން އަންނަނީ އާ ފުރުސަތުތައް ތަނަވަސްކޮށްދީ، އިގުތިސާދު ވަރުގަދަކޮށް، ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ޒަމާނީ ވަސީލަތްތަކާއެކު ފަރުދުންނާއި، ވިޔަފާރިތަކާއި، އީޖާދީ މަސައްކަތްތެރިންނާއި މުޖުތަމައު ބާރުވެރިކުރުވަމުންނެވެ.

”ރާއްޖޭގައި 21 އަހަރު ފުރުން ފާހަގަކުރާއިރު، އަޅުގަނޑުމެން ފާހަގަކުރަނީ ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރި އިތުބާރާއި އެކުގައި ކުރެވުނު ކާމިޔާބު ދަތުރެވެ. އަޅުގަނޑުމެން ހޯދާފައިވާ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައިވަނީ ދިވެހި ރައްޔިތުންނާއި، އަޅުގަނޑުމެންގެ ޕާޓްނަރުންނާއި، އިޚްލާޞްތެރި މުވައްޒަފުންނެވެ. އެކުގައި ހާސިލުކުރެވުނު ކަންކަމާމެދު ފަޚުރުވެރިވާހިނދު، އަޅުގަނޑުމެންގެ އަމާޒު ހުރީ އީޖާދީ ވަސީލަތްތަކާއެކު ފުރިހަމަ، ރައްކާތެރި އަދި އެންމެން ބައިވެރިކުރާ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ މުސްތަގުބަލަށެވެ،“ އޫރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝާދީ ގަވާސްމީ ވިދާޅުވިއެވެ.

މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، އޫރީދޫއިން އޯގަސްޓު މަހުގެ ތެރޭގައި އީޖާދީ އުފެއްދުންތަކަކާއި ޚާއްޞަ އަހަރީ އޮފަރތަކެއް ތައާރަފުކުރުމަށް ވަނީ ނިންމާފައެވެ. މިއީ ކަސްޓަމަރުންގެ އަގުވަޒަންކުރުމާއެކު ރާއްޖެއަށް އާ ޑިޖިޓަލް ތަޖުރިބާތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ތައާރަފުކުރާ އޮފަރުތަކެކެވެ.

ޓްރޫކޯލާ ޕްރީމިއަމް މިހާރު އޫރީދޫ މެދުވެރިކޮށް ނެގޭނެ

އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ޚާއްޞަ އެއް ކަމަކީ އޫރީދޫ ހޮޅުއަށި މެދުވެރިކޮށް ސީދާ ޓްރޫކޯލާ ޕްރީމިއަމް ޚިދުމަތް ތައާރަފުކުރުމެވެ. އިތުރު ފައިސާ ދައްކާ ވަސީލަތެއް ބޭނުންނުކޮށް، އޫރީދޫ އެކައުންޓަށް ބިލްކުރެވޭ ގޮތަށް ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާއެކު ޓްރޫކޯލާ ޕްރީމިއަމް ސަބްސްކްރައިބް ކުރެވޭނެއެވެ.

އޮޅުވާލައިގެން ކުރާ ފޯން ކޯލްތަކާއި ސްޕޭމް ކޯލްތައް އިތުރުވަމުންދާއިރު، ޓްރޫކޯލާ ޕްރީމިއަމްއިން ކަސްޓަމަރުންނަށް ރައްކާތެރިކަން ފޯރުކޮށްދެއެވެ. އޭގެ ތެރޭގައި އެޑްވާންސްޑް ސްޕޭމް އަދި ސްކޭމް ރައްކާތެރިކަމާއި، ޕްރޮފައިލް ބެލި މީހުންގެ މައުލޫމާތު، އިންކޮގްނިޓޯ މޯޑު، ކޮންޓެކްޓް ރިކުއެސްޓް، އިޝްތިހާރު ނުފެންނަ ގޮތް ހެދުމުގެ އިތުރުން ޕްރީމިއަމް ވެރިފިކޭޝަން ބެޖު ހިމެނެއެވެ.

ޗައިލްޑްސޭފް ސާވިސް

އާއިލާތަކަށް ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި، އޫރީދޫއިން ވަނީ ޝަރުތުހަމަވާ 5ޖީ އެއާފައިބާ ޕޭރެންޓަލް ކޮންޓްރޯލް ”ޗައިލްޑްސޭފް“ ޚިދުމަތް ތައާރަފުކޮށްފައެވެ.

މި ޚިދުމަތުގެ ސަބަބުން އިންޓަނެޓް ބޭނުންކުރެވޭ މިންވަރު ކޮންޓްރޯލްކޮށް، ކުދިންނަށް ރައްކާތެރި އޮންލައިން މާހައުލެއް ގާއިމުކޮށްދިނުމުގެ އިތުރުން، ގޭގޭގައި ބޭނުންކުރާ ބްރޯޑްބޭންޑް ވަސީލަތްތަކުގައިވާ ’ޕޭރެންޓަލް ކޮންޓްރޯލް‘ ފީޗަރުތައް އެންމެ ފުރިހަމައަށް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، 2026 އޯގަސްޓު މަހުގެ ނިޔަލަށް މި ޚިދުމަތް މުޅިން ހިލޭ ލިބޭނެއެވެ.

ހިލޭ 21 ޖީބީ ޑޭޓާ: އޯގަސްޓު 1 ވަނަ ދުވަހު، ހުރިހާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އޫރީދޫ ސުޕަރ އެޕްގެ ’ސުޕަރ ޑީލްސް‘ ބައި މެދުވެރިކޮށް ހިލޭ 21 ޖީބީގެ ޑޭޓާ ޕެކެއް ހޯދޭނެއެވެ. މި އޮފަރު ހޯދޭނީ އޯގަސްޓު 1 ގައި ކަމަށްވާއިރު، މުއްދަތަކީ 1 ދުވަހެވެ.

އޫރީދޫ x މާސްޓަރކާޑު: އޫރީދޫ ސުޕަރ އެޕް މެދުވެރިކޮށް މާސްޓަރކާޑު ބޭނުންކޮށްގެން 400 ރުފިޔާއަށްވުރެ މަތިން ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ދެ މީހުންނަށް މެލޭޝިޔާއަށް ދެކޮޅު ޓިކެޓް ލިބޭނެއެވެ. މާސްޓަރކާޑު ސޭވްކޮށްގެން ނުވަތަ އޮޓޯޕޭ އެކްޓިވޭޓްކޮށްގެން އިތުރު ފުރުސަތުތައް ހޯދޭނެއެވެ.

އޫރީދޫ x މޯލްޑިވިއަން: 400 ރުފިޔާއަށްވުރެ މަތިން ރީޗާޖްކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން، މޯލްޑިވިއަންއިން ސްޕޮންސަރުކުރާ ޑާކާއަށް ދެކޮޅު ޓިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޯގަސްޓު މަހުގެ ތެރޭގައި ކޮންމެ 10 ދުވަހަކުން ނަސީބުވެރިއަކު ހޮވާނެއެވެ.

ކްލަބް ޕްރިމިއަރ x ހުއޯޕަން: އޯގަސްޓު މަހުގެ ތެރޭގައި 1،000 ރުފިޔާއިން ފެށިގެން މަތީގެ ކްލަބް ޕްރިމިއަރ ޕްލޭންތަކަށް ބަދަލުވާ ފުރަތަމަ 100 ކަސްޓަމަރުންނަށް 2026 ޑިސެމްބަރު 31 ގެ ނިޔަލަށް ބޭނުންކުރެވޭ 100 ރުފިޔާގެ ’ހުއޯޕަން‘ އެޕް ޑިސްކައުންޓް ވައުޗަރެއް ލިބޭނެއެވެ

.ޕޯސްޓްޕެއިޑް ޕްލޭން އަޕްގްރޭޑްކުރުން

ސުޕަރނެޓް ހިލޭ އަޕްގްރޭޑްކުރުން: ސުޕަރނެޓް އަންލިމިޓެޑް ބޭނުންކުރާ ކަސްޓަމަރުން އިތުރު ޕްލޭނަކަށް އަޕްގްރޭޑްކުރާ ފަރާތްތަކަށް، ފުރަތަމަ ތިން މަސްދުވަހު މިހާރު ދައްކާ މަހުފީގައި އަޕްގްރޭޑްކުރި ސްޕީޑް ލިބޭނެއެވެ.

21 ވަނަ އަހަރީ ދުވަހުގެ ސުޕަރނެޓް އެޑް-އޮން: ސުޕަރނެޓް ކަސްޓަމަރުންނަށް އެންމެ 21 ރުފިޔާއަށް، 21 އެމްބީޕީއެސް ސްޕީޑުގައި 7 ދުވަހުގެ މުއްދަތަށް 21 ޖީބީ ލިބޭ ޚާއްޞަ އަހަރީ އެޑް-އޮންއެއް ލިބެން ހުންނާނެއެވެ.

އޫރީދޫ ފަން ރަން 2026

ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި އިޖުތިމާއީ ހަރަކާތް ކަމަށްވާ ”އޫރީދޫ ފަން ރަން“ 2026 ޑިސެމްބަރު 11 ގައި ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައިވާކަންވެސް އޫރީދޫއިން ވަނީ އިއުލާނުކޮށްފައެވެ. މިއީ ދުޅަހެޔޮކަމާއި، އާއިލީ އުފަލާއި މަޖާ ހަރަކާތްތަކާއެކު އެތައް ހާސް ބަޔަކު އެއްވެގެން ބާއްވާ ދުވުމެކެވެ

ލިވް އަންލިމިޓަޑް ކެމްޕޭނުގެ ބޮޑު އިނާމުގެ ނަސީބުވެރިޔާ އިއުލާނުކުރުން

އޫރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ ”ލިވް އަންލިމިޓެޑް“ ކެމްޕޭނުގެ ތެރެއިން 19 ޢުމްރާ ދަތުރު ދިނުމަށްފަހު، ކެމްޕޭން ނިންމާލުމުގެ ގޮތުން ދެ މީހަކަށް ދޭ ޙައްޖު ދަތުރުގެ ނަސީބުވެރިޔާވެސް ވަނީ އިއުލާނުކޮށްފައެވެ. ޙައްޖު ދަތުރުގެ ބޮޑު އިނާމު ލިބުނު ނަސީބުވެރިއަކީ މިޞްރިއްޔާ ޢަލީއެވެ.

އީޖާދީ ޚިދުމަތުގައި 21 އަހަރު ފުރުން ފާހަގަކުރާއިރު، ރާއްޖޭގެ މުސްތަގުބަލު ބައްޓަންކުރުމަށްޓަކައި އައު ޖީލުގެ ވަސީލަތްތަކަށާއި، ޑިޖިޓަލް ޚިދުމަތްތަކަށާއި އިޖުތިމާއީ ހަރަކާތްތަކަށް އިންވެސްޓްކުރުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އޫރީދޫއިން އަލުން އަރުވައެވެ.

ސްމާޓް ގޭގެއާއި ރައްކާތެރި ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމުން ފެށިގެން، ކަނެކްޓިވިޓީއާއި، އޭއައި، ފިންޓެކް އަދި ޑިޖިޓަލް އީޖާދުތަކުގެ މެދުވެރިކޮށް އުފެއްދުންތެރިންނާއި، ވިޔަފާރިތަކާއި މުޖުތަމައުތަކަށް އެހީތެރިވެދިނުމާ ހަމައަށް، އޫރީދޫގެ އަމާޒަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ޑިޖިޓަލް ގޮތުން ގުޅުވާލެވިފައިވާ، ބާރުވެރި އަދި އެންމެން ބައިވެރިވާ މުޖުތަމައެއް ބިނާކުރުމުގައި ދެމިއޮތުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: